ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
18 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް) ސެންޓްރަލް ޒޯން، ގްރޭޓަރ މާލެ) 2023

އިޢުލާން 

18 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް (ސެންޓްރަލް ޒޯން، ގްރޭޓަރ މާލެ) 2023

 

18 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް (ސެންޓްރަލް ޒޯން – ގްރޭޓަރ މާލެ) ފެށުމަށް ހަމަޖެހިފައިވާ ތާރީޚަކީ 29 ސެޕްޓެމްބަރ 2023 ކަމަށް ކުރިން ހަމަޖެހިފައި ވީނަމަވެސް، 30 ސެޕްޓެމްބަރ 2023 ވަނަ ދުވަހަކީ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓްލުމަށް ސަރުކާރުން ހަމަޖައްސަވައިފައިވާ ދުވަހެއް ކަމަށްވާތީ، މި މުބާރާތް ފައްޓާ ތާރީޚް ލަސްކުރެވިފައިވާކަން އާއްމުކޮށް އިޢުލާން ކުރީމެވެ.

އަދި 18 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް (ސެންޓްރަލް ޒޯން – ގްރޭޓަރ މާލެ) މުބާރާތް ބާއްވާނެ ތާރީޚް ފަހުން އިޢުލާން ކުރާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ، މުބާރާތްތަކަށް ޚާއްޞަކުރެވިފައިވާ އީމެއިލް: [email protected] އަށް ލިޔުމުން ހުށަހެޅުމަށް ދެންނެވީމެވެ.

 
   

 

 

11 ސެޕްޓެމްބަރ 2023

11 ސެޕްޓެންބަރު 2023
ހޯދާ