މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. މާފުށިން ބަންޑާރަ ގޯތި ލިބޭކަމަށް ކަނޑައެޅިފައިވާ ފަރާތްތަކުގެ ތެރެއިން އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮތް ފަރާތްތަކުން ބިން ދޫކޮށްލުމުގެ މަރުހަލާ ކުރިޔަށް ގެންދާނެގޮތް

ނަންބަރު: 337/337/2023/107(IUL)

 

އިޢުލާން

 

ކ. މާފުށިން ބަންޑާރަ ގޯތި ލިބޭކަމަށް ކަނޑައެޅިފައިވާ ފަރާތްތަކުގެ ތެރެއިން އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮތް ފަރާތްތަކުން ބިން ދޫކޮށްލުމުގެ މަރުހަލާ ކުރިޔަށް ގެންދާނެގޮތް

 

ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)337/337/2023/44 (04 އޭޕްރީލް 2023) އިޢުލާނާއި ގުޅިގެން ގޯތި ލިބޭ 308 މީހުންގެ ތެރޭގައި ހިމެނޭ، އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަދާދެވޭނީ، ލިބިފައިވާ ބިން ދޫކޮށްލިކަން ޝަރުޢީ މަރުހަލާއިން ނިންމާ އެނިންމި ނިންމުން މިއަދު 07 ސެޕްޓެމްބަރު 2023 ވަނަ ދުވަހުން ފެށިގެން 06 މަސް ދުވަސް ތެރޭގައި މާފުށީ ކައުންސިލަށް ހުށަހެޅުމުންނެވެ. ގޯތި ލިބުނުކަމުގެ ލިޔުން ހަވާލުކޮށްފައި ވީނަމަވެސް، ޝަރުޢީ މަރުޙަލާ ނިންމާ އެނިންމި ގޮތް 06 މަސް ދުވަސް ތެރޭގައި މިކައުންސިލަށް ހުށަނާޅައިފިނަމަ، އެފަދަ ފަރާތްތަކަށް، ގޯތި ލިބޭ ކަމަށް ދީފައިވާ ލިޔުން ބާތިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ. 

22 ޞަފަރު 1445

07 ސެޕްޓެމްބަރު 2023

 

07 ސެޕްޓެންބަރު 2023
ހޯދާ