ދިވެހިރާއްޖެ
ނަންބަރު: 337/337/2023/108(IUL)
އިޢުލާން
ކ.މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ޢާއްމުކުރުން
ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)337/337/2023/44 (04 އޭޕްރީލް 2023) އިޢުލާނާއި ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ތިންވަނަ ފަހަރަށް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)337/337/2023/103(30 އޮގަސްޓް 2023) އިޢުލާނާއި ގުޅިގެން ކ. މާފުށިން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކަށް ޕޮއިންޓު ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓާއި ގުޅޭގޮތުން ހުށަހެޅުނު ޝަކުވާތަކާއި ދައުލަތުގެ އިދާރާތަކުން ހޯދުނު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ވަގުތީ ލިސްޓަށް ގެންނަންޖެހުނު ބަދަލުތައް ގެނައުމަށްފަހު، ޕޮއިންޓު ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓު މި އިޢުލާނާއިއެކު ޢާންމު ކުރަމެވެ.
22 ޞަފަރު 1445
07 ސެޕްޓެމްބަރު 2023