ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ސީ ޑީ ސީ އިންފްލުއެންޒާ ގްރާންޓް ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރުމަށްޓަކައި ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއެވެ. މި ވަޒީފާއަކީ ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެކެވެ.
މަގާމު |
ޕްރޮޖެކްޓް އޮފިސަރ |
މީހުން ބޭނުންވާ އަދަދު |
1 (އެކެއް) |
ކޮންޓްރެކްޓުގެ މުއްދަތު |
1 އަހަރުދުވަސް ނޯޓް: މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، 3 އަހަރު ދުވަހަށް ކޮންޓްރެކްޓް އިތުރުކުރެވޭނެއެވެ. |
މުސާރަ |
-/10,000 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ތަން |
ހެލްތު ޕްރޮޓެކްޝަން އެޖެންސީ |
ޑިވިޜަން / ސެކްޝަން |
ކޮމިއުނިކަބަލް ޑިސީޒް ކޮންޓްރޯލް |
ތަޢުލީމާއި ތަޖުރިބާ |
އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ފަރިތަކޮށް ތާނަ ޓައިޕްކުރަން ދަތުން. ނޯޓް: މައިކްރޮސޮފްޓް އޮފީސް ޕެކޭޖަށް އަހުލުވެރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
1. މިނިސްޓްރީއާއި މިނިސްޓްރީ ދަށުގަައިވާ އެހެނިހެން ޑިޕާޓްމަންޓްތަކާއި، ގުޅުންހުރި އެހެނިހެން ފަރާތްތަކާއެކު ބޭއްވޭ ބައްދަލުވުންތަކުގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުން. 2. މާލެއާއި އަތޮޅުތަކުގައި ބޭއްވޭ ވޯކްޝޮޕްތައް/ޓްރޭނިންގްތައް ހިންގުމުގެ އިންތިޒާމް ހަމަޖެއްސުން. 3. ޕްރޮޖެކްޓުގެ ޕެޓީ ކޭޝް ބެލެހެއްޓުން. 4. ޕްރޮޖެކްޓުގެ ލިޔެކިޔުންތައް ބަލަހައްޓާ ފައިލްކުރުން. 5. މިނިސްޓްރީއާއި، ގުޅުންހުރި އިދާރާތަކަށާއި، ރާންޖެއިންބޭރަށް ފޮނުވަންޖެހޭ ސާމްޕަލްތައް ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން. |
މަސައްކަތް ކުރަންޖެހޭ ގަޑި |
ހެނދުނު 8:00 ން ހަވީރު 3:00 އަށް |
ޢިނާޔަތް |
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
ހުށަހަޅަންޖެހޭ ލިޔުންތައް |
|
ސުންގަޑި |
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 މާރިޗު 10 ވާ އަންގާރަ ދުވަހުގެ 14:30ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް (ރޯޝަނީ ބިލްޑިންގ) ސިޓީ ހުށަހެޅުން އެދެމެވެ. |
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
2015 ވަނަ އަހަރުގެ މާރިޗުމަހުގައި މިނިސްޓްރީ އޮފް ހެލްތުގައި. |
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރަން ގުޅާނީ 3014437 ނަންބަރު ފޯނަށެވެ. |
4 ޖުމާދަލްއޫލާ 1436 |