ދިވެހިރާއްޖެ
ގއ. އަތޮޅު ތަޢުލީމީ މަރުކަޒުވިލިނގިލި، ހުވަދު އަތޮޅު އުތުރުބުރިދިވެހިރާއްޖެ |
އިޢުލާން ނަމްބަރ: GS05-C /IUL/2023/14
ބީލަން ހުށަހެޅުމުގެ ދަޢުވަތު
8 ފާޚާނާ މަރާމާތްކޮށްދޭނެ ފަރާތެއް ހޯދުން
.1 މި މަރުކަޒުގެ 8 ފާޚާނާ މަރާމާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު : GS05-C /IUL/2023/13 ( 24 އޯގަސްޓް 2023 ) އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅާފައިވާ ފަރާތްތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީވެ، އެ އިއުލާން ބާޠިލްކޮށް މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެމި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ސެޕްޓެމްބަރ 11 ން ސެޕްޓެމްބަރ 17 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތުނެތް ވާހަކަ ދަންނަވަމެވެ.
2. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ސެޕްޓެމްބަރ 18 ވާ ހޯމަ ދުވަހުގެ 13:00 ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ.
3. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ސެޕްޓެމްބަރ 19 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
4. ބިޑް ހުޅުވުން އޮންނާނީ 2023 ސެޕްޓެމްބަރ 20 ވާ ބުދަ ދުވަހުގެ 13:00 ގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންގ ރޫމްގައެވެ.
5. މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
6 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ސަމުގާ މަގު، ވިލިނގިލި، ދިވެހިރާއްޖެ.
ފޯން: 6820029
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
07 ސެޕްޓެމްބަރ 2023