ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނެޝަނަލް އެސިސްޓަންޓް ކޯޗް
އިޢުލާން
ފެތުމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތު
ސްވިމިންގ އެސޯސިއޭޝަންއިން ހިންގާ ޕްރޮގްރާމްތަކަށް ތިރީގައިވާ ވަޒީފާތަކަށް މީހުން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 5 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މިއެސޯސިއޭޝަނަށް ސިޓީއާއި ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔެކިޔުންތަކާއި އައިޑެންޓިޓީކާޑުގެ ކޮޕީ އަދި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.
މަޤާމު: ނެޝަނަލް އެސިސްޓަންޓް ކޯޗް
ބޭނުންވާ އަދަދު: 01
މުސާރަ: 4000.00 (ހަތަރުހާސް ރުފިޔާ)
މަސައްކަތްކުރަންޖެހޭތަން: މާލެ
މިނިމަމް ފެންވަރު ނުވަތަ ޝަރުޠު:
- ފެތުމުގެ ކޯޗިންގ ކޯސް ފުރިހަމަ ކޮށްފައިވުން.
- އިނގިރޭސިބަހުން ލިޔަންކިޔަން އެނގުމާއި އަދި ވާހަކަދައްކަން އެގުން.
- އަމިއްލައަށް ޝެޑިއުލް ހަދައިގެން ޓްރެއިނިންގ ސެޝަންތައް ގެންދަން އެނގުން.
- ސްވިމިންގ ކޯޗިންގ ދާއިރާގައި ޙަރަކާތްތެރި ވުމުގެ ޝައުޤުވެރިކަން ހުރުން.
- އެސޯސިއޭޝަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ އެހެން މީހުންނާއެކު ގުޅިގެން މަސައްކަތްކުރެވޭނެ މީހަކަށްވުން.
- ވަގުތަށް ޙުރުމަތްތެރިކޮށް ހިތާ މީހަކު ކަމުގައިވުން.
- ފީނާގެ ގަވާއިދުތައް ފެތުންތެރިންނަށް އުގަންނައި ދިނުމުގެ ޤާބިލިއްޔަތުކަން ހުރުން.
ކުރަންޖެހޭ މަސައްކަތް:
- އެސޯސިއޭޝަނުން އަންގާގޮތެއްގެމަތިން ޤައުމީ ފެތުމުގެ ސްކޮޑްގެ ފަރިތަކުރުންތައް ކުރިއަށްގެންދިޔުން.
ނޯޓް: ޕަރފޯރމަންސަށް ބަލައި، އެގްރިމެންޓް އާކުރުމުގެ ފުރުޞަތު ދެވޭނެއެވެ.
05 ޖުމާދަލްއޫލާ 1436
24 ފެބުރުވަރީ 2015
ހޯދާ