ދިވެހިރާއްޖެ
ހެޔޮ އެދޭ ފަރާތަކުން މިރަށުގެ ރައްޔިތުންގެ ތެރެއިން ކޮންމެވެސް އެއްބޭފުޅަކަށް ޢުމުރާ ދަތުރެއްދިނުމަށް ހުށަހަޅާފައިވާތީ، މި ޢުމުރާ ދަތުރަށް އެދި ކުރިމަތިލުމަށް ވަނީ ހުޅުވާލެވިފައެވެ. މިހެންކަމުން ޢުމްރާ ދަތުރަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު މި މިއަދުން ފެށިގެން 2023 ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، ޢުމްރާ ދަތުރަށް ޝަޢުޤުވެރިވާ ފަރާތްތަކުގެ ތެރެއިން މި ޢިޢުލާންއާއިއެކު އާންމު ކޮށްފައިވާ " މާލެއަތޮޅު ގުޅީ ކައުންސިލްގެ ޢުމްރާ ދަތުރާއި ގުޅޭ އުޞޫލު" ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަ ކުރައްވާ ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ޢުމުރާގެ ދަތުރަށް އެދޭ ފޯމު މިކައުންސިލުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އީމެއިލް ނުވަތަ ވައިބަރ ގެ ޒަރިއްޔާއިން ހުށަހެޅޭ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.