ދިވެހިރާއްޖެ
މިކުންފުނީގެ ނަންބަރު 60ADM/2015/1ގެއިޢުލާނަށް އެކަށީގެންވާ ވަރަށް ކެންޑިޑޭޓުން ލިބިފައިނުވާތީ މި އިޢުލާން ބާޠިލު ކުރުމަށްފަހު ތިރީގައިމިވާ މަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މަޤާމު: މެކޭނިކަލް އެސިސްޓެންޓް ގރ.1
އަދަދު: 03
މުސާރަ: 4690.00ރ
މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ވެހިކަލް ގަރާޖް
އެހެނިހެން އިނާޔަތްތައް:
- އިތުރު އެލަވަންސް: 1350.00ރ އާއި 1950.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
- ދާއިމީ ވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެ.
- އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެއެވެ.
- ޕެންޝަން
މަޤާމުގެ މަސްއޫލިއްޔަތު:
- މެކޭނިކަލް މަސައްކަތް ތަކުގައި އެހީތެރިވުން.
- ވެހިކަލްތައް ބަލާ، މަރާމާތުކުރުން.
- ސުޕަވައިޒަރ ކަނޑައަޅާ މަސައްކަތްތައް ކުރުން.
ތަޢުލީމާއި ތަޖުރިބާ:
- ޖީ.ސީ.އީ އޯލެވެލްގެ 2 މާއްދާއިން ފާސްވެފައިވުން ނުވަތަ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ކޯހެއް ފުރިހަމަ ކުރައްވާފައިވުން.
- މިދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 މާރިޗު 03 ވާދުވަހުގެ 12:30ގެ ކުރިން އެސް.ޓީ.އޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑް އޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
ވެބްސައިޓް: http://www.stomaldives.com/downloads
ނޯޓް:
އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް އެސްޓީއޯ ހެޑް އޮފީސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344264 ވެބްސައިޓް: www.stomaldives.com