ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީން ދޭ މައުލޫމާތާއި އެއްގޮތަށް އޮފީސް ގޮނޑި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާއި ގުޅޭ

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހާމަކުރުމާއި ބެހޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން ނެރުއްވާފައިވާ ނަންބަރު 13-P/CIR/2020/50 ސާކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި އޮތޯރިޓީގެ ނަންބަރު (IUL)221-ASS/221/2023/45 (މި އޮތޯރިޓީން ދޭ މައުލޫމާތާއި އެއްގޮތަށް އޮފީސް ގޮނޑި ފޯރުކޮށްދޭނެ ފަރާތެއް ހޯދުން) އިއުލާނާއި ގުޅިގެން އެ ބިޑް ކާމިޔާބުކުރެއްވި ފަރާތުގެ މައުލޫމާތު މި އިއުލާނާއި އެއްހީރަސް ކޮށްފައިވާނެއެވެ.

ވީމާ، މި ބީލަމާއި ގުޅިގެން އެއްވެސް ފަރާތަކުން ޝަކުވާއެއް ވާނަމަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.53 ވަނަ މާއްދާއާއި، މިނިސްޓްރީ އޮފް ފިނޭންސްއިން ނެރުއްވާފައިވާ ނަންބަރު 13-P/CIR/2020/50 ސާކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޝަކުވާ ހުށަހެޅުއްވުމަށް ދެންނެވީމެވެ. 

07 ސެޕްޓެންބަރު 2023
ހޯދާ