މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ކޮންސަލްޓެންޓެއް ހޯދުމަށް

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތަށް އަލުން ހުޅުވާލުން

މި މިނިސްޓްރީގެ ނަންބަރު IUL)438-FINU/438/2015/36) އިޢުލާނަށް އެކަށީގެންވާ ވަރަށް ތަރުޙީބު ލިބިފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރުން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގާ "ސްޓްރެންތަނިންގ ކެޕޭސިޓީސް ފޮރ ނެޝަނަލް ސައިކަމް އިމްޕްލިމެންޓޭޝަން މޯލްޑިވްސް" ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް އިވޭލުއޭޝަން ހެދުމަށްޓަކައި ކޮންސަލްޓަންޓެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޝަރުޠުހަމަވާ ފަރާތްތަކުން 08 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ތަޢުލީމީ ފެންވަރާއި މި މަސައްކަތާ ގުޅުންހުރި މަސައްކަތް ކުރުމުގެ ތަޖުރިބާއާއި، ހުނަރާއި ޤާބިލުކަން ސާބިތުކޮށްދޭ ވަނަވަރު އަދި މަސައްކަތުގެ އަގު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" އަދި ގައިޑްލައިންސް މިމިނިސްޓްރީންނާއި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިޔުމަންޓް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ފޯން: 3018342

ފެކްސް: 3018301

އީމެއިލް: procurement @environment.gov.mv

ވެބްސައިޓް: www.environment.gov.mv

19 ފެބުރުވަރީ 2015
ހޯދާ