| މިސްކިތު ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު | 
| ވިލުފުށީ ދެ މިސްކިތުގެ މަސައްކަތު މީހުން ޗުއްޓީ އަދި އާއިލީޒިންމާ/ ސަލާމް ބުނުމުން ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށް ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން ޕޫލް އެކުލަވާލުމަށްޓަކައި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިފުރުސަތު ހުޅުވާލަމެވެ. | 
| މަޤާމް: | ކައުންސިލް އެސިސްޓެންޓް (މަސައްކަތު މީހުން) | 
| މަޤާމުގެ ގިންތިއާއި މުއްދަތު: | ވަގުތީ (އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 2023 ނޮވެމްބަރ 5 ވަނަ ދުވަހުގެ ނިޔަލަށް) | 
| ވަޒީފާ އަދާކުރަން ޖެހޭތަން: | ތ.ވިލުފުށީ ކައުންސިލްގެ އިދާރާ (ރަށުގެ މިސްކިތްތައް) | 
|     މަސައްކަތުގެ އުޖޫރަ އާއި ޝަރުޠު | މަޤާމް/ޝަރުޠު | ރޭންކް | މަސައްކަތްކުރާ ގަޑިއަކަށް | 
| ލިޔަން ކިޔަން އެގުން. ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ: 
ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަސް ބަލައިގެންނެވެ. ނުވަތަ 
ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެން | SS1 | 45.00 ރުފިޔާ | 
| މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  މަސައްކަތު މީހުން | 
ކައުންސިލްގެ އިދާރާއިން ބަލަހައްޓާ މިސްކިތްތަކުގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.މިސްކިތްތަކުގެ އިމާރާތާއި ގޯތިތެރެ ފޮޅައި ސާފުކުރުން.މިސްކިތްތަކުގައި ހުންނަ އިލެކްޓްރޯނިކް އިކުއިޕްމަންޓްތަކާއި އެޕްލަޔަންސްތައް ސާފުކުރުމާއި، މެއިންޓެއިން ކުރުމުގައި އެހީތެރިވެދިނުން.ކައުންސިލްގެ އިދާރާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް އެފަރާތްތަކަށް ރައްދުކުރުން.ކައުންސިލްގެ އިދާރާއިން ކަނޑައަޅާ އުޞޫލެއްގެ މަތިން މިސްކިތްތައް ފޮޅާސާފުކުރުންކައުންސިލްގެ އިދާރާއަށް ބައްދަލުވުންތަކަށް އަންނަ ފަރާތްތަކަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގައި އެހީތެރިވެދިނުން.ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ރަށްވެހިކަމުގެ ނުވަތަ މުނިސިޕަލް ހިދުމަތްތަކާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.ކައުންސިލްގެ އިދާރާގެ އިދާރީ މަސައްކަތްތަކުގައި ސުޕަރވައިޒަރު އަންގަވާ ގޮތުގެ މަތިން އެހީތެރިވެދިނުން.ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން. | 
|       ހުށަހަޅަންޖެހޭ ލިއުންތައް: | 
ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމްވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް)ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިއުންތައް އަދި ލިއެފައިވާ ލިއުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ، އުފަންދުވަހުގެ ސާފު ކޮޕީއެއް ނުވަތަ ޕާސްޕޯޓް/ޑްރައިވިން ލައިސަންސްގެ ސާފުކޮޕީއެއްލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ސާފު ކޮޕީ.މަސައްކަތުގެ ތަޖުރިބާގެ ލިއުންތަކުގެ ސާފު ކޮޕީ. | 
| ވަޒިފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ | 
| މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: | 13 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކޮޅުމަޑުލު ވިލުފުށީ ކައުންސިލުގެ އިދާރާއަށް ފޯމު ހުށަހެޅުއްވުންއެދެން. ފޯމް މެއިލް ކުރާނަމަ މެއިލް ކުރާނީ [email protected] މެއިލް އެޑްރެހަށެވެ. މެއިލްގެ ޒަރިއްޔާއިން ފޮނުވާ ފޯމްތައް ސުންގަޑި ހަމަވުމުގެ ކުރިން ކައުންސިލަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. | 
| އިތުރު މައުލޫމާތު | މިއިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780701 ނަންބަރު ފޯނަށެވެ. މެއިލްކުރާނަމަ މެއިލްކުރާނީ [email protected] މެއިލް އެޑްރެހަށެވެ. |