އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2023 – ވޯޓު ކަރުދާސް ޗާޕްކުރެވުނު ގޮތުގެ މަޢުލޫމާތު
(IUL)38-AC/38/2023/397 :ނަންބަރު
އިޢުލާން
ރިޔާސީ އިންތިޚާބު 2023 – ވޯޓު ކަރުދާސް ޗާޕްކުރެވުނު ގޮތުގެ މަޢުލޫމާތު
2023 ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓުނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސްތައް ޗާޕްކޮށްފީމެވެ. މި ވޯޓުކަރުދާސް ޗާޕްކޮށްފައިވަނީ ދިވެހިރާއްޖޭގެ ޗާޕްޚާނާއެއް ކަމުގައިވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުންނެވެ. ޗާޕްކޮށްފައިވާ ވޯޓު ކަރުދާހުގެ ޖުމްލަ ޢަދަދަކީ 285،219 (ދެލައްކަ އަށްޑިހަ ފަސްހާސް ދުއިސައްތަ ނަވާރަ) އެވެ.
ވީމާ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 36 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.
06 ސެޕްޓެންބަރު 2023
ހޯދާ