ދިވެހިރާއްޖެ
ސަރުކާރުގެ ފަރާތުން ހދ. ހަނިމާދޫގައި ޢިމާރާތް ކޮށްފައިވާ 70 ގެއަށާއި ހދ. ނޮޅިވަރަންފަރުގައި ޢިމާރާތް ކޮށްފައިވާ 52 ގެއަށް ވާރޭފެން ރައްކާކުރުމަށް ބޭނުންވާ ފެންތާނގީތަކުގެ ބުޑު މި މިނިސްޓްރީން ދޭ ކުރެހުމާ އެއްގޮތަށް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 02 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު މިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް 05 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިމިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
އިންޖިނިއަރިންގ ސެކްޝަން
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3004300 ފެކްސް:3004301
އީ-މެއިލް: [email protected]
03 ޖުމާދަލްއޫލާ 1436