ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2023/135
އިޢުލާން
ޤުރްއާން ކިޔަވައިދޭނެ ޓީޗަރަކު ހޯދުމާއި ބެހޭ.
ހަނިމާދޫ ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ ޤުރްއާން ކްލާހުގައި ކިޔަވައި ދެއްވާނެ ޓީޗަރަކު މީލާދީ 1 އަހަރު ދުވަހުގެ މުއްދަތަށް ބޭނުންވެއްޖެއެވެ. މިމަޤާމަށްއެދި ހުށަހަޅާ ފަރާތަކީ ދަށްވެގެން ޤުރްއާން ޓީޗަރުކަމުގެ ޑިގުރީ ޙާޞިލުކޮށްފައިވާ ފަރާތަކަށްވާން ވާނެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައިވާ މައުލޫމާތުތައް ފުރިހަމަކުރައްވާ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއި އައިޑީ ކާޑުގެ ދެފުށުގެ ސާފުކޮޕީ އަދި މަހުމުސާރަ ބަޔާންކޮށް 2023 ސެޕްޓެމްބަރ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 . ޞަފަރު 1445
06 ސެޕްޓެމްބަރ 2023