ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.މަގޫދޫ ފަޅުގައި އިންޓެގްރޭޓް ޓުއަރިޒަމް ކުރިއަށް ގެންދިއުމާއި ގުޅޭ

ފ.މަގޫދޫ ފަޅުގައި އިންޓެގްރޭޓް ޓުއަރިޒަމް ކުރިއަށް ގެންދިއުމާއި ގުޅޭ:

  1. ފ. މަގޫދޫ ފަޅުގައި އިންޓަގްރޭޓް ޓުއަރިޒަމް ކުރިއަށް ގެންދިއުމަށް ބޭނުންވާ ބިޑް ޑޮކިއުމެންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ބިޑް ޑޮކިއުމެންޓް ތައްޔާރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން:

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 ސެޕްޓެންބަރު 14 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށައެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް 100.00(ސަތޭކަ ރުފިޔާ) ރުފިޔާގެ ނަންރީފަންޑަބަލް ފީއެއް ނެގޭނެއެވެ.  

ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީ-ބިޑް މީޓިންގ:

ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށްބާއްވާ ބައްދަލުވުމެއް 2023 ސެޕްޓެންބަރު 14 ވަނަ ދުވަހުގެ 13:00 ގައި ފ.މަގޫދޫ ކައުންސިލް އިދާރާގެ ޖަލްސާ ކުރާމާލަމުގައި އޮންނާނެއެވެ.

ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން:

2023 ސެޕްޓެންބަރު 20 ވަނަ ދުވަހުގެ 13:00 ށް މި އިދާރާއަށް ދުރުވެ ބީލަން ހުށައަޅަންވާނެއެވެ.

ބީލަން ހުޅުވާނީ 2023 ސެޕްޓެންބަރު 20 ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ.

 

2. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި މި އިދާރާއަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ. ބީލަން ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ވިޔަފާރީގެ ނަމާއި އެޑްރެސް " ފ.މަގޫދޫ ފަޅުގައި އިންޓެގްރޭޓް ޓުއަރިޒަމް ކުރިއަށް ގެންދިއުމާއި ގުޅޭ / (އިޢުލާން ނަންބަރު)" މިހެން ލިޔެފައި އޮންނަންވާނެއެވެ.

3. މިބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ވިޔަފާރި  ރަޖިސްޓްރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.  

4. ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

5. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.

‏21‏ ޞަފަރު‏ 1445

   ‏6‏ ސެޕްޓެމްބަރ‏ 2022

06 ސެޕްޓެންބަރު 2023
ހޯދާ