ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
އެސްޓީއޯ ސ.ހުޅުމީދޫ ފިހާރައިގައި ހުންނަ ގުދަނަށް އެސްޓީއޯގެ ބޯޓުފަހަރުންނާއި އެހެނިހެން ބޯޓުފަހަރުން ގެންނަ މުދާ ބޯޓުން ބާލައިގެން ގެންގޮސް ސ.ހުޅުމީދޫ ފިހާރައިގެ ގުދަނުގައި ޖެއްސުމާއި އެސްޓީއޯ ބޯޓުފަހަރަށާއި އެހެނިހެން ބޯޓުފަހަރަށް އެސްޓީއޯ ސ.ހުޅުމީދޫ ފިހާރައިގެ ގުދަނުން މުދާ ނެރެގެން ގެންްްގޮސް ބަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މާރިޗު 3 ވާ އަންގާރަ ދުވަހުގެ 11:00 އަށް ސ.ހުޅުމީދޫ ފިހާރައަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މާރިޗު 9 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު، ސ.ހުޅުމީދޫ ފިހާރައަށް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑި ޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯން : 3344374 ، 3012402
ފެކްސް : 3344633
[email protected] :އީމެއިލް