މި ކޮމިޝަންގެ ނަންބަރު (IUL)195-A-HR/195/2023/30 (08 އޮގަސްޓް 2023) އަދި (IUL)195-A-HR/195/2023/31 (16 އޮގަސްޓް 2023) މިދެ އިޢުލާނާ ގުޅިގެން ޑްރައިވަރުގެ މަޤާމަށް ކުރިމަތިލީ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ވާހަކަދަންނަވަމެވެ.
|
މަގާމު
|
ޑްރައިވަރ (ކޮންޓްރެކްޓް)
|
ކޮންޓްރެކްޓް މުއްދަތު
|
1 އަހަރު
|
ރޭންކް
|
އެސް.އެސް 2
|
ކްލެސިފިކޭޝަން
|
ސަޕޯޓް ސްޓާފް ގްރޭޑް 2
|
ސެކްޝަން / ޔުނިޓް
|
ބިއުރޯ
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޖުޑީޝަލް ސަރވިސް ކޮމިޝަން
|
އަސާސީ މުސާރަ
|
3,755/- ރުފިޔާ
|
އެހެނިހެން އިނާޔަތްތައް
|
- މަސައްކަތަށް ނުކުންނަ ދުވަހަކަށް -/250 ރުފިޔާ
- ދުވާލަކު 8 ގަޑި އިރަށްވުރެ އިތުރަށް މަސައްކަތްކުރާނަމަ ވަޒީފާޔާބެހޭ ޤާނޫނުގައިވާ ގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
- ހަފްތާޔަކު 1 ދުވަސް އޮފް ދުވަހުގެ ގޮތުގައި ދެވޭނެއެވެ.
|
އަސާސީ ޝަރުޠު
|
- ގްރޭޑް 7 ގެ ތަޢުލީމީ ފެންވަރު ހުރުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި SS1 ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- B1 ކެޓެގަރީގައި ބުނާ ތަކެތި ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތެއް ކަމުގައިވުން. (ކޮންޓްރެކްޓްގެ މުއްދަތުގައި ލައިސަންސްގެ މުއްދަތު ހަމަވާނަމަ ހަމަޖެހިފައިވާ އުސޫލުން ލައިސަންސްގެ މުއްދަތު އާކުރުންވާނެއެވެ.)
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކޮމިޝަނުގެ ކާރުގައި ރަސްމީ ގަޑީ ގައި އަދި ނުރަސްމީ ގަޑީގައި ކުރަންޖެހޭ އެއްމެހައި ދަތުރުތައް ކުރުން.
- ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ދަތުރެއްގައި އެއަރޕޯރޓް/ފެރީ/ލޯންޗް އަށް ލަގެޖް އުފުލަން ޖެހޭ ހާލަތެއްގައި ލަގެޖް އުފުލައި ގެންގޮސްދިނުމުގެ މަސައްކަތްތައް ކުރުން.
- ކޮމިޝަނުގެ ކާރުގައި ވަކި ގަޑިއަކަށް ކުރަންޖެހޭ ދަތުރެއް އެއްވެސް ސަބަބަކާހުރެ ކުރެވެން ނެތްނަމަ، އެކަށީގެންވާ ވަގުތު އޮއްވައި އެކަން ސުޕަވައިޒަރަށް އެންގުން
- ވެހިކަލްގެ ހާލަތު ކޮންމެ ދުވަހަކު ބަލާ އެއަށް އަޅަންޖެހޭ ތެޔޮ ފަދަ ތަކެތި އަޅާ ބެލެހެއްޓުން.
- ވެހިކަލް ދޮވެ ސާފުކޮށް ފަރުވާތެރިކަމާއެކު ބެލެހެއްޓުން
- ވެހިކަލް ސާފުތާހިރުކޮށް ބެލެހެއްޓުމަށް ބޭނުންވާނެ ސާމާނު ހޯދުމަށާއި އަދި މެއިންޓެނެންސް އަށް ބޭނުންވާ ކަންކަން ގަވާއިދުން ބަލައި، އެކަންކަން ސުޕަވައިޒަރުގެ ސަމާލުކަމަށް ގެނެސް، އެކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ކުރުން.
- ވެހިކަލްގެ ރަޖިސްޓަރީއާއި، އަހަރީ ފީ ދެއްކުމާއި އިންޝުއަރަންސްގެ ކަންކަން، ސެކްޝަން/ޑިޕާޓްމަންޓުގެ ވެރިޔާގެ ލަފަޔާއި އިރުޝާދުގެ ދަށުން، ގަވާއިދުން ކުރުމާއި އެ މަސައްކަތުގެ ލިޔެކިޔުންތައް ގަވާއިދުން ބަލަހައްޓަމުން ގެންދިއުން.
- އުޅަނދުގައި ދަތުރެއް ފެށުމުގެ ކުރިން އިންސްޕެކްޓްކޮށް، މަރާމާތުކުރަން ޖެހިއްޖެ ހާލަތެއްގައި ކަމާގުޅޭ ފަރާތްތަކާ ގުޅިގެން އެކަމެއް ހައްލުކުރުން.
- އުޅަނދުގައި ކުރާ ދަތުރުފަތުރުގެ ތަފްސީލް ލިޔުމުން ސުޕަރވައިޒަރު އަންގާ ގޮތެއްގެމަތީން ގަވާއިދުން ބެލެހެއްޓުން.
- އުޅަނދަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ އެކަމެއް ވަގުތުން ސުޕަރވައިޒަރުގެ ސަމާލުކަމަށް ގެނައުމާއެކު އެކަން ހައްލުކުރުމަށް ކުރަންޖެހޭ ކަންކަންކުރުން
- އުޅަނދު ދުއްވުމުގަޔާއި އަދި ޕާކް ކުރުމުގައި ސަރުކާރުން ހަދާފައިވާ ޤަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުމާއެކު އެކަންކަމަށް ފަރުވާތެރިވުން.
|
މި އިޢުލާންގައިވާ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި
|
- ފުރިހަމަކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް
- ވަޒީފާއަށް އެދޭމީހުންގެ ޢިޤްރާރު
- މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ
- ވަނަވަރު (ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތާ އަދި އެ ވަޒީފާ ތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ހިމެނޭގޮތަށް)
- މުއްދަތު ހަމަނުވާ B1 ކެޓެގަރީގައި ބުނާ ތަކެތި ދުއްވުމުގެ ލައިސަންސްގެ ކޮޕީ
|
އިތުރު މަޢުލޫމާތު
|
- ކޮމިޝަންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް އަދި ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ އެ ފޯމް ބާތިލްވާނެއެވެ.
- 2. މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ޙާޟިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕަރފޯމަންސް އެޕްރެއިޒަލް)، މި ކޮމިޝަނުން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތު މި ކޮމިޝަނުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.
- މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުވާނަމަ، މަޤާމާށް ކުރިމަތިލައްވާ ފަރާތުގެ ފުރިހަމަ ނަމާއި ގުޅޭނެ ފޯނު ނަންބަރު މެއިލްގައި ލިޔަންވާނެއެވެ.
- މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންއާއެކު ފޮނުވާ ލިޔެކިޔުންތައް ހުންނަންވާނީ ޕީ.ޑީ.އެފް (pdf) ފޯމެޓްގައެވެ. އަދި ފޮނުވާ ލިޔެކިޔުންތައް އޮންލައިން ޑްރައިވްއެއްގައި ފޮނުވާނަމަ، މިކޮމިޝަނަށް ހުޅުވޭ ގޮތަށް އެކްސެސް ދީފައިވާންވާނެއެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އެނޫން ކެންޑިޑޭޓުންނަށް އެ ކަމެއް ލިޔުމަކުން ނާންގާނެއެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓްކޮށް ނިމުމުން އެކަން މި ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރާނެއެވެ.
- މި ވަޒީފާއަށް ކުރިމަތިލުމަށްފަހު ޝޯޓްލިސްޓްކުރެވި އިންޓަރވިއުއަށް ޙާޟިރުވުމަށް ދެންނެވުމުން އިންޓަރވިއުއަށް ޙާޟިރު ނުވާ ފަރާތްތައް ޑިސްކޮލިފައި ކުރެވޭނެއެވެ.
- ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުޠުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ. ހިންގާ ޤަވާއިދު www.jsc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. ވަޒީފާއަށް އެދޭ ފޯމް، www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
|
ސުންގަޑި
|
17 ސެޕްޓެންބަރ 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ހ.ސަކީނާމަންޒިލް / ގްރައުންޑް ފްލޯ) އަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
|