މަޤާމުގެ މަސްއޫލިއްޔަތު:
|
- ކޯސްތަކާއި ދަރިވަރުންގެ މަޢުލޫމާތު ބަލަހައްޓާ ނިޒާމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އިސްނެގުން. މިކަމުގެ ތެރޭގައި ސިސްޓަމް ޑިޒައިންކުރުމާއި، ބެކަޕް މަސައްކަތްކުރުން ކަށަވަރުކުރުމާއި، ޑޮކިޔުމެންޓްކުރުމާއި، އަޕްޑޭޓްކުރުން ހިމެނެއެވެ.
- ޔުނިވަރސިޓީގެ ކޮމިއުނިޓީއަށް، ދަރިވަރުންގެ މަޢުލޫމާތު ބަލަހައްޓާ ނިޒާމާބެހޭ ކަންކަމުގައި ރިސޯސްއެއްގެގޮތުން ޚިދުމަތްކުރުން.
- ކޯސްތަކާއި އެކަޑެމިކް ކަންތައްތަކާ ގުޅިގެން ހަމަޖެހިފައިވާ ޤަވާއިދުތަކާއި ސިޔާސަތުތައް ތަންފީޒުކުރުން. މި މަސައްކަތުގެ ތެރޭގައި، ދަރިވަރުންގެ އެކަޑެމިކް ސްޓޭންޑިންގ ބެލުމާއި، ދަރިވަރުން ވެއްދުމާއި، ވަކިކުރުމާއި، އެއް ޓާމުން އަނެއް ޓާމަށް ދަރިވަރުން ކުރިއަށްޖެއްސުން ހިމެނެއެވެ.
- ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ބެލުމާއި، އެ މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރުމާއި، ތަމްރީންކުރުމާއި، މައްސަލަތައް ޙައްލުކުރުމާއި، ފެންވަރު ވަޒަންކުރުމާއި، އެކަމާ ގުޅިގެން ހިއުމަން ރިސޯސް ސެކްޝަނަށް ހުށަހެޅުންތައް ހުށަހެޅުމުގައި ރެޖިސްޓްރަރގެ އިރުޝާދުގެދަށުން ޢަމަލުކުރުން. މުވައްޒަފުންގެ ފަރާތުން އެންމެ އެދެވޭ ޚިދުމަތް ނެރުމަށް އެ މުވައްޒަފުންގެ މަސައްކަތުގެ ރޫޙު މަތިކޮށް ހިތްވަރުދިނުމަކީ މި މަސައްކަތުގެ ތެރޭގައި ހިމެނޭ ބައެކެވެ.
- އެކަޑެމިކް ޓްރާންސްކްރިޕްޓް ޕްރޮސެސްކުރުމާއި، ދަސްވެނިވުމަށް ބޭނުންވާ މަޢުލޫމާތު ވިލަރެސްކުރުމާއި، ޚާއްޞަ ޕްރޮގްރާމްތަކާބެހޭ ސަނަދުތައް ތައްޔާރުކުރުމާއި، ތަފާސްހިސާބުތައް އެއްކޮށް ރިޕޯޓްތައް އެކުލަވައިލުން.
- ދަރިވަރުންގެ ގްރޭޑްތަކާބެހޭގޮތުން މަޢުލޫމާތު އެދޭ ފަރާތްތަކަށް ފޯރުކޮށްދީ ދަރިވަރުންގެ ރެކޯޑުތަކާ ބެހޭގޮތުން އުފެދޭ މައްސަލަތައް ޙައްލުކުރުރުމާއި ޖަވާބުދާރީވުން.
- ދަރިވަރުންގެ ޚިދްމަތްތަކާބެހޭބައި އެންމެ އެދެވޭގޮތަށް ހިންގުމަށްޓަކައި މަސައްކަތުގެ އުސޫލުތައް އެކުލަވާލައި، އިސްކަންދޭ ކަންތައްތައް ތަރުތީބުކޮށް، މި ބައިތައް ތަރައްޤީކުރުމުގައި ރެޖިސްޓްރަރއަށް އެހީތެރިވެދިނުން.
- ޔުނިވަރސިޓީގެ ސިޔާސަތުތަކާއި މަޤްޞަދުތަކާއި ރޭވުންތައް ރޭވުމުގައި ބައިވެރިވެ، މި ކަންކަން ހާސިލުކުރުމަށް ކުދި މަޝްރޫޢުތައް އެކުލަވާލައި ހިންގުން.
- އާ ޕްރޮގްރާމްތަކާއި މިހާރު ހިންގާ ޕްރޮގްރާމްތައް ޕްރޮމޯޓުކުރުމާއި، ޔުނިވަރސިޓީގެ އެތެރެއާއި ބޭރުގައި ޖަލްސާތަކުގައި ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައި ނުވަތަ ޔުނިވަރސިޓީ ތަމްސީލުކުރުން.
- ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިގެ މަސައްކަތްތައް ހަރުދަނާކުރުމަށް އުފައްދަންޖެހޭ ސިޔާސަތުތަކާއި މަސައްކަތު ޢުޞޫލުތައް ކަނޑައަޅާ ތަރައްޤީކުރުމުގައި ރެޖިސްޓްރަރއަށް އެހީތެރިވެދިނުން.
- އަހަރީ ބަޖެޓް އެކުލަވައިލުމާއި ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބަޔަށް ކަނޑައެޅިފައިވާ ބަޖެޓް މޮނިޓަރކުރުމާއި ބެލެހެއްޓުން.
- ދަރިވަރުންގެ ރެކޯޑުތަކާބެހޭ ސިޔާސަތުތަކާއި އެތެރެއާއި ބޭރުގެ މަޢުލޫމާތުތައް ތަފާސްކުރުމާއި، އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ޗާޕުކުރެވޭ ފެންވަރަކަށް ގެނެސް ހުށަހެޅުން.
- މަތީގައިވާ ކަންތައްތައް ފިޔަވައި، މަޤާމުގެ ހައިސިއްޔަތުން ހަވާލުކުރެވޭ އޮފީހުގެ އެހެން މަސައްކަތްތައް ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކެވަޑައިގަންނަވާ ގޮތުގެ ލިޔުމެއް.
- ލިބިވަޑައިގެންފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، ގާތްގަޑަކަށް ކޮންމެ ހޮނިހިރު ދުވަހަކު، މަސައްކަތް ކުރަންޖެހެއެވެ. މީގެ އިތުރަށް، ދަރިވަރުން ވައްދާ ދުވަސްވަރާއި ވަކިވާ ދުވަސްވަރާއި، އެހެން ބައެއް ދުވަސްވަރު، އިތުރުގަޑީގައި އާދަކޮށް މަސައްކަތް ކުރަންޖެހެއެވެ. މި ވަޒީފާއަކީ ހަމައެކަނި ހެނދުނު 8 އިން ހަވީރު 3 އަށް ރަސްމީ ގަޑީގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކާ ގުޅޭ ވަޒީފާއެއް ނޫނެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަވިއު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ، އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2015 މާރިޗު 5 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، 3345157 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|
7 ޖުމާދަލްއޫލާ 1436
|