އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2023 ގައި ކެމްޕެއިން ކުރުމާގުޅޭ

(IUL)38-CB./38/2023/396 :ނަންބަރު

އިޢުލާން

ރިޔާސީ އިންތިޚާބު 2023 ގައި ކެމްޕެއިން ކުރުމާގުޅޭ؛

ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ އާންމު ޤާނޫނު)ގެ 28 ވަނަ މާއްދާއިން ތާއީދު ހޯދުމަށްޓަކައި ކެންޑިޑޭޓުންނަށް ލިބިދޭ ޙައްޤުގެ ދަށުން ކުރާކަންކަން ވޯޓުނަގާ ދުވަހުގެ ކުރީދުވަހުގެ ހަވީރު 6.00 ން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 6.00 އާ ދެމެދު ކޮށްގެން ނުވާނޭ ކަމުގައި އެ ޤާނޫނުގެ 44 ވަނަ މާއްދާގައި ކަނޑައަޅާފައިވެއެވެ.

ވީމާ، 08 ސެޕްޓެމްބަރ 2023 ވާ ހުކުރު ދުވަހު އިރުއޮއްސި 18:00 އިން ފެށިގެން 10 ސެޕްޓެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ކެމްޕެއިން ޖަގަހަތައް ހުޅުވައި ކެމްޕެއިން ކުރުމުގެ ގޮތުން އެއްވެސް ޢަމަލެއް ހިންގުމާއި، ކެމްޕެއިން ޖަގަހަތައް ހުޅުވާފައި ބެހެއްޓުމަކީ މަނާކަމެއް ކަމުގައި ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

05 ސެޕްޓެންބަރު 2023
ހޯދާ