ދިވެހިރާއްޖެ
މަޤާމް :ސަޕޯޓް އިންޖިނިއަރ – G1 | |
---|---|
ބޭނުންވާ އަދަދު :1 | |
މަޤާމް :ސޮފްޓްވެއަރ އިންޖިނިއަރ - G1 | |
---|---|
ބޭނުންވާ އަދަދު :1 | |
މަޤާމް :ސީނިއަރ އޮފިސަރ، ލީގަލް ސަރވިސް (އޮފިސަރ، SO1) | |
---|---|
ބޭނުންވާ އަދަދު :1 | |
މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، ކޮންޓެކްޓް ސެންޓަރ (އޮފިސަރ، SO1) | |
---|---|
ބޭނުންވާ އަދަދު :1 | |
މި އޮތޯރިޓީގެ ތިރީގައި މިވާ މަގާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.
މަގާމު: |
ސަޕޯޓް އިންޖިނިއަރ – G1 |
||
އަދަދު: |
1 |
||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
އެންޓަރޕްރައިސް ސިސްޓަމްސް ޑިޕާޓްމަންޓް / އެންޓަރޕްރައިސް ސަޕޯޓް ސެކްޝަން |
||
އަސާސީ މުސާރަ: |
މަހަކު -/7,000 ރުފިޔާ |
||
އިތުރު އިނާޔަތްތައް: |
ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/4,650 ރުފިޔާ ލިވިންގ އެލަވަންސް: މަހަކު -/3,100 ރުފިޔާ ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/65 ރުފިޔާގެ ރޭޓުން |
||
މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
މުވައްޒަފުންނަށް ލޮޖިކަލް/ފިޒިކަލް އެކްސެސް ދިނުމާއި އެކްސެސްތައް މެނޭޖްކުރުން އަދި އެހެން ޑިޕާޓްމަންޓްތަކަށް އައި.ޓީ ސަޕޯޓް ފޯރުކޮށްދިނުމާއި، އައި.ޓީ.އާ ގުޅުންހުރި ޓްރޭނިންތައް ހިންގުމާއި، އެހެނިހެން އިދާރާތަކާއި މިރާއާ ގުޅުވައިދޭ އައި.ޓީ ސިސްޓަމްތަކުގެ ސަޕޯޓް ފޯރުކޮށްދިނުމާއި، އައި.ޓީ ސިސްޓަމްތަކުގެ ޔޫޒަރ ގައިޑުހެދުން. |
||
ޝަރުޠު: - އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން ނުވަތަ، - އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި މީރާގެ ޓެކްނިކަލް އެގްޒާމުން ފާސްވުން ނުވަތަ، - އައި.ޓީއާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މީރާގައި 3 އަހަރު ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން %75 ލިބިފައިވުން ނުވަތަ، - އައި.ޓީއާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މީރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން %75 ލިބިފައިވުން |
|||
މަގާމު: |
ސޮފްޓްވެއަރ އިންޖިނިއަރ - G1 |
||
އަދަދު: |
1 |
||
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
އެންޓަރޕްރައިސް ސިސްޓަމްސް ޑިޕާޓްމަންޓް / އެންޓަރޕްރައިސް އެޕްލިކޭޝަން ސެކްޝަން |
||
އަސާސީ މުސާރަ: |
މަހަކު -/7,000 ރުފިޔާ |
||
އިތުރު އިނާޔަތްތައް: |
ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/4,650 ރުފިޔާ ލިވިންގ އެލަވަންސް: މަހަކު -/3,100 ރުފިޔާ ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/65 ރުފިޔާގެ ރޭޓުން |
||
މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
އޮތޯރިޓީއަށް ބޭނުންވާ ސޮފްޓްވެއަރ އެޕްލިކޭޝަންތައް ދެނެގަނެ، ހޯދައި ބެލެހެއްޓުމާއި އޮތޯރިޓީއަށް ބޭނުންވާ ސޮފްޓްވެއަރ އެޕްލިކޭޝަންތައް ޑިވެލޮޕްކޮށް ބެލެހެއްޓުން |
||
ޝަރުޠު: - އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން ނުވަތަ، - އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި މީރާގެ ޓެކްނިކަލް އެގްޒާމުން ފާސްވުން ނުވަތަ، - އައި.ޓީއާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މީރާގައި 3 އަހަރު ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން %75 ލިބިފައިވުން ނުވަތަ، - އައި.ޓީއާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މީރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން %75 ލިބިފައިވުން |
|||
މަގާމު: |
ސީނިއަރ އޮފިސަރ،ލީގަލް ސަރވިސް (އޮފިސަރ، SO1) |
||
އަދަދު: |
1 |
||
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
ލީގަލް ސަރވިސް ޑިޕާޓްމަންޓް / ލީގަލް ސަރވިސް ޑިވިޜަން |
||
އަސާސީ މުސާރަ: |
މަހަކު -/7,000 ރުފިޔާ |
||
އިތުރު އިނާޔަތްތައް: |
ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/4,650 ރުފިޔާ ލިވިންގ އެލަވަންސް: މަހަކު -/3,100 ރުފިޔާ ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/65 ރުފިޔާގެ ރޭޓުން |
||
މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
މީރާއިން ދަޢުވާކުރާ މައްސަލަތަކުގައާއި އަދި މީރާ އާ ދެކޮޅަށް ހުށަހެޅޭ މައްސަލަތަކުގައި ޓްރައިބިއުނަލް އާއި ކޯޓުތަކުގައި މީރާ ތަމްޞީލުކުރުމާއި އޮތޯރިޓީއަށް ބޭނުންވާ އެހެނިހެން ޤާނޫނީ މަސައްކަތް ކުރުން. |
||
ޝަރުޠު: ޤާނޫނީ ދާއިރާއިން ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައިވުން |
|||
މަގާމު: |
ސީނިއަރ ޓެކްސް އޮފިސަރ، ކޮންޓެކްޓް ސެންޓަރ (އޮފިސަރ، SO1) |
||
އަދަދު: |
1 |
||
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
ޓެކްނިކަލް، އެންގޭޖްމަންޓް އެންޑް އެޑިއުކޭޝަން ޑިޕާޓްމަންޓް / ޓެކްސްޕޭޔަރ އެޑިއުކޭޝަން ޑިވިޜަން / ކޮންޓެކްޓް ސެންޓަރ (1415) |
||
އަސާސީ މުސާރަ: |
މަހަކު -/7,000 ރުފިޔާ |
||
އިތުރު އިނާޔަތްތައް: |
ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/4,650 ރުފިޔާ ލިވިންގ އެލަވަންސް: މަހަކު -/3,100 ރުފިޔާ ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/65 ރުފިޔާގެ ރޭޓުން |
||
މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
1415 އަށް އަންނަ ފޯންކޯލްތަކަށާއި އީމެއިލް ތަކަށް ޖަވާބުދިނުމާއި، 1415 އަށް އަންނަ ސުވާލު/ޝަކުވާތަކުގެ ނޮލެޖްބޭސް ބެލެހެއްޓުމާއި، ޓެކްސްޕޭޔަރ ސަރވިސް ސެންޓަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޓެކުހާބެހޭ މައުލޫމާތު ދިނުމާއި، ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތުތައް ފޯރުވައިދިނުން. |
||
ޝަރުޠު: - އެކައުންޓިންގ، ފައިނޭންސް، އިކޮނޮމިކްސް ނުވަތަ ބިޒްނަސް އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން؛ ނުވަތަ، - އޭ.ސީ.ސީ.އޭ ސްކިލް ލެވެލް ނިންމާފައިވުމާއެކު 2 އަހަރު މީރާގައި ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން %75 ލިބިފައިވުން؛ ނުވަތަ، - އޭ.ސީ.ސީ.އޭ 7 ޕޭޕަރު / އެކައުންޓިންގ، ފައިނޭންސް، އިކޮނޮމިކްސް ނުވަތަ ބިޒްނަސް އާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ (ނޮން-އޭ.ސީ.ސީ.އޭ) ނިންމާފައިވުމާއެކު 3 އަހަރު މީރާގައި ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން %75 ލިބިފައިވުން.
|
އެހެނިހެން ޝަރުތުތައް
- މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
- ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
- ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
- ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
- ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ކަރިކިއުލަމް ވިޓާ (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))
ނޯޓް:
- މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.
- މި އިއުލާނުން އިއުލާނުކޮށްފައިވާ މަގާމެއްގެ ރެކްރޫޓްމަންޓް މުއްދަތުގެ ތެރޭގައި އެ ލެވެލްގެ އިތުރު މަގާމެއް ހުސްވެއްޖެނަމަ މި އިއުލާނަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަލަށް ހުސްވާ މަގާމަށް މުވައްޒަފަކު ނެގިދާނެއެވެ.
މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 19 ސެޕްޓެންބަރު 2023 ގެ 16:00 ކުރިން މީރާގެ ވެބްސައިޓް މެދުވެރިކޮށް Job Application Form އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ
ހޮޓްލައިން: 1415
އީމެއިލް: [email protected] ވެބްސައިޓް: www.mira.gov.mv