ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް އޮފިސަރ

އިޢުލާން

ނަންބަރު: WAMCO-HR/IUL/2023/105

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އޮފިސަރ

މުސާރައާއި ޢިނާޔަތްތައް

މަހަކު -/12,000 އާއި -/ 17,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / ކޯޕަރޭޓް އެޑްމިނިސްޓްރޭޝަން، ބިޒްނަސް ޑިވަލޮޕްމެންޓް އެންޑް މާރކެޓިންގ

ބޭނުންވާ އަދަދު

01

ޝަރުޠު

  1. މާކެޓިންގ / ކޮމިއުނިކޭޝަންސް / ޕަބްލިކް ރިލޭޝަންސްއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓް / ވޭސްޓް މެނޭޖްމެންޓް / ޕޮލިސީ އެންޑް ޕްލޭނިންގ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މާކެޓިންގ / ކޮމިއުނިކޭޝަންސް / ޕަބްލިކް ރިލޭޝަންސްއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓް / ވޭސްޓް މެނޭޖްމެންޓް / ޕޮލިސީ އެންޑް ޕްލޭނިންގ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުން،
  4. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
  5. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޯޕަރޭޝަންގެ މާކެޓިންގ ޕްލޭން، މާކެޓިންގ މެޓީރިއަލްސް އަދި ކެމްޕެއިންތައް ތައްޔާރުކުރުމާއި އެކު މާކެޓިންގ ހަރަކާތްތައް ލޯންޗްކުރުން.
  2. ކޯޕަރޭޝަންގެ ފަރާތުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތް ހަރުދަނާކޮށް ތަރައްޤީކުރުމަށްޓަކައި މާކެޓް ރިސަރޗްތައް ކުރިއަށްގެންދިއުމާއި، އެ ޚިދުމަތްތައް އާންމުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި ތަފާތު އެކި އުފެއްދުންތެރި ޚިޔާލުތައް ހޯދުމުގެ މަސައްކަތްކުރުން.
  3. ކޯޕަރޭޝަންގެ މާކެޓިންގ ކޮންޓެންޓް ކަލަންޑަރެއް ތައްޔާރުކޮށް ބެލެހެއްޓުމާއި، ސޯޝަލް މީޑިއާ ޗެނަލްތަކުގައި ދުވަހުން ދުވަހަށް ޝާއިއު ކުރުމާއި، އެޕޯސްޓްތައް މޮނިޓަރ ކުރުމާއި ބެލެހެއްޓުން.
  1. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި   ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.
  2. މިކޯޕަރޭޝަނާއި އެކު އެއްބަސްވެފައިވާ މީޑިއާ ޕާޓްނަރުންގެ އެންމެހާ މަސައްކަތް ބެލެހެއްޓުމާއި އަދި އެފަރާތްތަކުން އެއްބަސްވެފައިވާ މަސައްކަތްތައް ވިލަރެސްކުރުން.
  3. ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓްގެ މަސައްކަތްތަކުގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތްތައް ސުޕަވައިޒަރގެ ލަފާގެ ދަށުން ކުރިއަށްގެންދިއުން
  4. ކޯޕަރޭޝަނުން ބާއްވާ ނިއުސްކޮންފަރެންސް ތަކާއި ޕަބްލިކް ރިލޭޝަންސް އިވެންޓްތަކުގެ އެންމެހާ އިންތިޒާމްތައް ހަމަޖައްސައި ބެލެހެއްޓުން.
  5. ކޯޕަރޭޝަނުން ހިންގާ މަސައްކަތްތަކުގައި ބައިވެރިވާ ޕާޓްނަރުންނާއި ސްޓޭކްހޯލްޑަރުންނާއެކު ކުރަންޖެހޭ މުޢާމަލާތުތައް އިނގިރޭސި އަދި ދިވެހިބަހުން ކުރުން.
  6. ކޯޕަރޭޝަނާއި މެދު އާންމުން ދެކޭގޮތް ރަނގަޅުކުރުމަށް، ޕީ.އާރު ފުރުޞަތުތައް ހޯދުމަށް ވެމްކޯގެ އެތެރެއާއި ބޭރުގެ ފަރާތްތަކާ ނެޓްވާރކްކުރުމާއި، ޕީ.އާރު ފުރުސަތުތައް ހޯދުން.
  7. އާންމު ރައްޔިތުންނާއި މީޑިއާތަކަށް މިކޯޕަރޭޝަނުން ނެރޭ ނޫސްބަޔާން، އިޢުލާން އަދި ސާކިއުލާރ ފަދަ ތަކެތި ތައްޔާރު ކުރުމާއި އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ނެރެންޖެހޭ މިކޯޕަރޭޝަނުގެ ޚަބަރުތައް ތައްޔާރުކުރުމާއި، ސަރކިއުލޭޓްކޮށް ބެލެހެއްޓުން. އަދި ވެމްކޯގެ ވެބްސައިޓް، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެ ޚަބަރު ޝާއިއު ކުރެވިފައި ހުރިތޯ ކަށަވަރުކުރުން.
  8. ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމާއި، ކޯޕަރޭޝަންގެ އިސްނެގުމާއި ކާމިޔާބީތަކާއި ބެހޭގޮތުން މީޑިއާގެ އެކި ވަސީލަތްތަކުގައި ބައިވެރިވެ ވާހަކަދެއްކުން.
  9. ކޯޕަރޭޝަނުންގެ ވެރިންގެ އިންޓަވިއުތައް ހަމަޖައްސުމާއި، ވެމްކޯގެ މީޑިއާ ފޯކަލް ޕޮއިންޓްގެ ހައިސިއްޔަތުން ނޫސްވެރިންގެ ސުވާލުތަކަށް ކޯޕަރޭޝަންގެ ޕޮލިސީއާއި އެއްގޮތަށް ޖަވާބުދާރީވުމާއި މީޑިއާތަކާއި އެކު ގާތްގުޅުމެއް ބޭއްވުން.
  10. ކޯޕަރޭޝަންގެ މާކެޓިންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް މި ކޯޕަރޭޝަނުގެ ޑިޖިޓަލް މާކެޓިންގ ސްޓްރެޓެޖީތައް ތަންފީޒުކޮށް، ކާމިޔާބުމަކާއެކު ކުރިއަށްގެންދިއުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
  • އިންޓަރވިއު އަދި އިމްތިހާން

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ. ލިޔެކިޔުންތައް ނުގެނެވޭނަމަ އެލިޔުމަކަށް ލިބޭ މާކްސް އުނިކުރެވިގެން ދާނެއެވެ.

  1. ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2023 ސެޕްޓެމްބަރ 17 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ނުވަތަ [email protected]  ހުށަހެޅުއްވުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން 2023 ސެޕްޓެމްބަރ މަހުގައިކުރިއަށް ގެންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 ފޯނަށް ގުޅުއްވުން އެދެމެވެ.

19 ޞަފަރު 1445

05 ސެޕްޓެމްބަރ 2023

 

05 ސެޕްޓެންބަރު 2023
ހޯދާ