ދިވެހިރާއްޖެ
މިރަށުން ދިރިއުޅުމަށް ބަންޑާރަގޯތި ބޭނުންވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ ބުރެއް ބޭއްވުމަށް ކައުންސިލުން ނިންމާފައިވާތީ، ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ކުރުމަށް ' ގެވަޅު ކޮމެޓީ ' އެއް އެކުލަވާލަން ބޭނުންވެއެވެ. އެގޮތުން މިކޮމެޓީގައި ޢާއްމުރައްޔިތުންގެ ތެރެއިން އަންހެން މެމްބަރަކާއި ފިރިހެން މެމްބަރެއް ހިމެނުމަށް ބޭނުންވާތީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ. އަދި މިކޮމެޓީގައި ހިމެނޭ މެމްބަރުންނަށް ސިޓިންގ އެލަވަންސްގެ ގޮތުގައި ކޮންމެ ބައްދަލުވުމަކަށް -/50 ރުފިޔާގެ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާ ވާހަކަވެސް ދަންނަވަމެވެ.
ވީމާ ' ގެވަޅު ކޮމިޓީ ' ގައި މަސައްކަތްކުރުމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން 12 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މިކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ކޮމެޓީއަށް މެމްބަރުން އައްޔަންކުރުމުގައި އިސްކަންދޭނެ ކަންކަން ތިރީގައިއެވަނީ:
1 – ނ. ލަންދޫގެ ރަށްވެއްސެއް ކަމުގައިވުން
2 – ޢުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދު މީހެއްކަމުގައިވުން
3 – ލިޔަން ކިޔަން އެނގޭ ފަރާތެއްކަމުގައިވުން
4 – ގިނަވަގުތު ކޮމެޓީގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން