ފެމިލީ ކޯޓް
ދިވެހިރާއްޖެ
ނަންބަރު IUL)146-A3/1/2023/34) އިޢުލާނާގުޅޭ އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް ފަސްކުރުން.

ފެމިލީ ކޯޓު (ޖަސްޓިސް ބިލްޑިންގ ފަސްޓް ފްލޯ އަދި ގްރައުންޑް ފްލޯ)ގެ ކުޑަދޮރުތަކުގައި ދަގަނޑު ޖާލި (ގްރިލް) ޖެހުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 

IUL)146-A3/1/2023/34) (30 އޮގަސްޓު 2023) އިޢުލާނާ ގުޅިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިގަތުމަށް ކަނޑައެޅިފައިވާ ތާރީޚަކީ 10 ސެޕްޓެންބަރު 2023 ކަމުގައި ވީނަމަވެސް، މިދުވަސް މިހާރުވަނީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައެވެ.

ވީމާ، ޙަވާލާދީފައިވާ އިޢުލާނާ ގުޅިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިގަތުމަށް މިހާރު ހަމަޖެހިފައިވާ ތާރީޚަކީ 12 ސެޕްޓެންބަރު 2023 ވާ އަންގާރަ ދުވަހުގެ 10:00 ކަމުގައި އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީ ކޯޓުގެ (ޖަސްޓިސް ބިލްޑިންގ ފުރަތަމަ ފަންގިފިލާ) ކޮންފަރެސް ރޫމަށެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުގެ ތެރެއިން ސައިޓް ސާރވޭ ކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 2023 ސެޕްޓެމްބަރު 07 ވަނަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމުން އެ އިންތިޒާމް ހަމަޖެހިގެންދާނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިކޯޓުގެ ނަންބަރު 3340512 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

04 ސެޕްޓެންބަރު 2023
ހޯދާ