ފެމިލީ ކޯޓް
ދިވެހިރާއްޖެ
ނަންބަރު IUL)146-A3/1/2023/33) އިޢުލާނާގުޅޭ އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް ފަސްކުރުން

ފެމިލީ ކޯޓުގެ ކޮންފަރެންސް ރޫމްގައި ބެހެއްޓުމަށްޓަކައި ގަސް ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ކުރެވުނު ނަންބަރު  IUL)146-A3/1/2023/33) (30 އޮގަސްޓު 2023) އިޢުލާނާ ގުޅިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިގަތުމަށް ކަނޑައެޅިފައިވާ ތާރީޚަކީ 10 ސެޕްޓެންބަރު 2023 ކަމުގައި ވީނަމަވެސް، މިދުވަސް މިހާރުވަނީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައެވެ.

ވީމާ، ޙަވާލާދީފައިވާ އިޢުލާނާ ގުޅިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިގަތުމަށް މިހާރު ހަމަޖެހިފައިވާ ތާރީޚަކީ 12 ސެޕްޓެންބަރު 2023 ވާ އަންގާރަ ދުވަހުގެ 10:30 ކަމުގައި އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީ ކޯޓުގެ (ޖަސްޓިސް ބިލްޑިންގ ފުރަތަމަ ފަންގިފިލާ) ކޮންފަރެސް ރޫމަށެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިކޯޓުގެ ނަންބަރު 3340512 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

04 ސެޕްޓެންބަރު 2023
ހޯދާ