ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
ފެމިލީ ކޯޓަށް ތިރީގައިވާ ސާރވަރ ލައިސެންސް އަދި އެންޓި-ވައިރަސް ސޮފްޓުވެއަރ ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
1) ޖެނުއިން މައިކްރޯސޮފްޓް ވިންޑޯވްސް ސަރވަރ 2008 R2 ސްޓޭންޑަރޑް މީޑިއާ ކިޓް އަދި ލައިސެންސް
2) ޖެނުއިން މައިކްރޯސޮފްޓް ވިންޑޯވްސް ސަރވަރ 2012 R2 ސްޓޭންޑަރޑް މީޑިއާ ކިޓް އަދި ލައިސެންސް
3) އެންޓި ވައިރަސް- ބިޒްނަސް އެޑިޝަން (ESET NOD32)
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 މާރިޗު 04 ވަނަ ދުވަހުގެ 11:00އަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މާރިޗު 10 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީކޯޓުގެ (ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ކޮންފަރެންސް ރޫމަށެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
03 ޖުމާދަލްއޫލާ 1436