ދިވެހިރާއްޖެ
މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރުން
މިކައުންސިލްގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ލޯގޯއަކަށް 5,000ރ (ފަސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ކަނޑައެޅިފައެވެ.
ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް
1. ފަރުމާ ކުރެވޭ ލޯގޯ އަކީ ށ.ފޯކައިދޫ ރަމްޒުކޮށްދޭފަދަ އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. މިގޮތުން ށ.ފޯކައިދޫ އަށް ޚާއްސަ ސިފަތަކާއި، ކަންކަމާއި، ތަކެތި ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށްވުން.
2. ފަރުމާކުރެވޭ ލޯގޯއަކީ މުޅިން އައު، އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. އެހެން ފަރާތެއްގެ ފިކުރީ މުދަލެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ފަރުމާކުރި ފަރާތުންނެވެ.
3. ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒްކޮށްދޭ ފަރުމާއަކަށް ވެގެންނުވާނެއެވެ.
4. ލޯގޯ ފަރުމާކުރުމުގައި މައިގަނޑު ގޮތެއްގައި ބޭނުން ކުރަންވާނީJaco Bean (Hex: #2F1600
RGB value is RGB(47, 22, 0)) ކުލައެވެ. މީގެއިތުރުން ހުދު އަދި ކަޅު ކުލަ ބޭނުންކުރެވިދާނެއެވެ.
5. ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ލެޓަރހެޑް، ބިޒްނަސް ކާޑް، ސްޓާފް ކާޑް، ދިދަ، ޔުނީފޯމް އަދި ވެބްސައިޓް ޕޭޖް ފަދަ ތަކެތީގައި ބޭނުންކުރެވޭ ފަދަ ގޮތަކަށެވެ.
6. ލޯގޯއަކީ ލަކުޑި، ފައިބަރު އަދި މައުދަންތަކުގައި ކަނޑާ ނަގައިގެން ސިފަ ފާޅުކުރެވޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ.
7. ލޯގޯގެ ރިޒޮލިއުޝަން މިންގަނޑަކީ dpi600 ނުވަތަ އެއަށްވުރެ މައްޗެވެ.
ލޯގޯ އާއި އެކު ހުށަހަޅަންޖެހޭ މަޢުލޫމާތު
- ލޯގޯގެ PSD، PNG އަދި JPEG ފައިލް ހުށަހަޅަންވާނެއެވެ.
- ލޯގޯގެ ގްރޭ ސްކޭލް އަދި ކުލަކޮށް އޮންނަ PDF ފައިލެއް ހުށަހަޅަންވާނެއެވެ. އަދި ލޯގޯގެ PDF ފައިލް 10MB އަށްވުރެ އިތުރުވެގެންނުވާނެއެވެ.
- ލޯގޯ ފަރުމާކުރަންވާނީ ވެބް ވާރޝަން، ޕްރިންޓް ކޮލެޓީ ވަރޝަން އަދި SVG ފޯމެޓަށެވެ.
- ލޯގޯގެ ކުލަ ސޮފްޓް ކޮޕީ، ކުލަތަކުގެ ޕެންޓޯން ނަންބަރު އަދި ކުލަ ކޯޑާއެކު ޖޭޕެގް / ޓިޕް ފޯމެޓުގައި
- ލޯގޯ ހުށަހަޅާފަރާތުގެ އިތުރު ހުއްދައަކާއިނުލައި ލޯގޯ ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލަށް ދޭކަން އަންގައިދޭ ލިޔުމެއް.
- ލޯގޯ ހުށަހެޅި ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި ފޯން ނަންބަރު.
- ލޯގޯއިން ރަމްޒުކުރާ މާނައާއި ތަފްސީލް ބަޔާންކޮށްދޭ ލިޔުން.
- ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ހުށަހެޅޭނީ 2 ލޯގޯއެވެ.
- ލޯގޯ ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑް ކޮޕީ.
މާކްސް ދެވޭގޮތުގެ ތަފްސީލް:
- ލޯގޯ ފަރުމާކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މިންގަޑުތަކާއި އެއްގޮތަށްތޯ ބަލާ ފާސްކުރުން.
- ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ މިންވަރު.
- ށ.ފޯކައިދޫ ރަމްޒުކޮށްދޭ މިންވަރު.
- ލޯގޯ ފަރުމާތަކަށް އިންސާފުކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކޮށް މިކަމަށް އެކުލަވާލެވިފައިވާ ކޮމެޓީއަކުން.
މާކްސްދެވޭނެ މިންގަނޑު
މާކްސްދެވޭ މިންގަނޑުތައް |
ކަނޑައެޅިފައިވާ % |
ކޮލިޓީ އަދި ޓެކްނިކަލް ފެންވަރު |
35 |
އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން |
20 |
އަމިއްލަވަންތަކަން |
30 |
ފޯކައިދޫ ރަމްޒުކުރެވިފައިވާ މިންވަރު |
15 |
ވީމާ، މަތީގައި ބަޔާންކޮށްފައިވާ ފޯމެޓްތަކަށް ލޯގޯގެ ސޮފްޓްކޮޕީ އަދި މަތީގައި ދެންނެވިފައިވާ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު 21 ސެޕްޓެމްބަރ 2023ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.3