ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަލްޓިޕާޕަސް ހޯލްގެ ސްޓޭޖު ފަރުދާ ސަޕްލައިކޮށް އިންސްޓޯލް ކުރުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިސްކޫލްގެ މަލްޓިޕާޕަސް ހޯލުގެ ސްޓޭޖު ފަރުދާ ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން:
- މިސްކޫލްގެ މަލްޓިޕާޕަސް ހޯލުގެ ސްޓޭޖު ފަރުދާ ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 ސެޕްޓެންބަރު 5 ން 2023 ސެޕްޓެންބަރު 14 ގެ ނިޔަލަށް ތިރީގައިވާ ލިންކު/އީމެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/RS2vufPcp2JpMGWYA
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ސެޕްޓެންބަރު 14 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށައެޅުން އެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ސެޕްޓެންބަރު 19 ވަނަ ދުވަހުގެ 11:00 ގައި އިހަވަންދޫ ސުކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ސްކޫލު އޮފީހުން ލިބެންހުންނޭނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- އިހަވަންދޫ ސްކޫލް
- އަމީނީމަގު މަގު، ހއ. އިހަވަންދޫ، ދިވެހިރާއްޖެ.
- ފޯން: 6501220
- އީ-މެއިލް: [email protected]
05 ސެޕްޓެންބަރު 2023
ހޯދާ