މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތައް ކޮނުމާއި މަގުގައި އެކި މަސައްކަތް ކުރުމާއި ގުޅޭ

  މަގުތައް ކޮނުމާއި މަގުގައި އެކި މަސައްކަތް ކުރުމާއި ގުޅޭ

                   މިދުވަސްވަރު މަގު ކޮނުމާއި މަގުތަކުގައި އެކިކަހަލަ މަސައްކަތް ކައުންސިލް އިދާރާގެ ހުއްދަ ނެގުމެއްނެތި ބައެއް ފަރާތްތަކުން ކުރިއަށް ގެންދަވާކަންވަނީ ފާހަގަކުރެވިފައެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތްދޭ ކުންފުނިތަކަށާއި އާންމު ފަރުދުންނަށް ގެއްލުންތައް ލިބި، ނުރައްކާތެރި ހާދިސާތައް ދިމާވުމުގެ ފުރުސަތު ބޮޑުވެއެވެ. ވީމާ، މަގުކޮނެ، މަގުގައި ހޮޅި ޖަހާ، އަދި މި ނޫންވެސް މަސައްކަތެއް މަގުގައި ކުރައްވާނަމަ، ކައުންސިލްގެ ހުއްދަ ހޯދުމަށްފަހު އެމް.ޑަބްލިއު.އެސް.ސީ ގެ ހޮޓްލައިން ނަންބަރު 7999151 އަށް ގުޅުއްވައި އަންގަންވާނެއެވެ. އެގޮތުން ހުއްދަ ނުހޯދާއި މަގުކޮނެ، މަގުގައި މަސައްކަތްކުރާ ފަރާތަކަށް ގެ ނަންބަރު 2014/R-229 (މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ގަވާއިދު) ގެ ދަށުން ޖޫރިމަނާކޮށް ފިޔަވަޅު އެޅޭނެ ވާހަކަ ދަންނަވަމަވެ.  ވީމާ، މިކަން  ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

              19 ޞަފަރު       1445

              04 ސެޕްޓެމްބަރ    2023  

04 ސެޕްޓެންބަރު 2023
ހޯދާ