ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
Advanced Endpoint Security Solution and Windows Server Auditing Software

މި ޑިޕާޓްމަންޓަށް ތިރީގައިމިދަންނަވާ ސޮފްޓްވެއަރތައް ގަންނަން ބޭނުންވެއްޖެއެވެ.

Advanced Endpoint Security Solution and Windows Server Auditing Software

ވީމާ، މަތީގައި ދެންނެވިފައިވާ ތަކެތި ވިއްކެވުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ 11:15 ގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަސް އޮންނަންވާނެއެވެ. ބީލަމާއި ގުޅޭގޮތުން ދެވޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 11 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ މެންދުރު 13:00ގެ ކުރިން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

04 ސެޕްޓެންބަރު 2023
ހޯދާ