މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
ޕްރައިމަރީ ގްރޭޑްތަކަށް ބޭނުންވާ ފަރުނީޗަރު ހޯދުން

މިމަދަރުސާގެ ނަންބަރު IUL)GS51-Dpt-101/INDIV/2014/37) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން ވެސް މިފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 12:30 އަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ފޯނު މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުން ހަމަޖެހިފައިވަނީ 02 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 13:00 އިން 14:30 އަށެވެ. ފޯނު މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުމަށް 6620009 ނުވަތަ 6620380 ފޯނަށް ގުޅުއްވުން އެދެމެވެ. ފޯނު މެދުވެރިކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ރަށުން ބޭރުން އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައި ނުވާވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6620009 ފޯނާއެވެ.

26 ފެބުރުވަރީ 2015
ހޯދާ