ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީން ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒް ކުރެވެމުންދާ މިންވަރު ފަސޭހައިން ބެލޭނެ ސޮފްޓްވެއަރއެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
މި މިނިސްޓްރީން ދޭ ރިކްއަރމަންޓާއި އެއްގޮތަށް، މިނިސްޓްރީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2021-2025 ތަންފީޒް ކުރެވެމުންދާ މިންވަރު ފަސޭހައިން ބެލޭނެ ސޮފްޓް ވެއަރއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)10-F/10/2023/107 (15 އޯގަސްޓް 2023) ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީވެލެއްވުމާއި، މަޢުލޫމާތު ސާފުކުރެއްވުން
މަޢުލޫމާތު ސާފުކުރެއްވުމާއި، ބީލަމުގައި ރަޖިސްޓްރީވެލެއްވުން އޮންނާނީ 2023 ސެޕްޓެންބަރު 11 ވާ ހޯމަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ވެލާނާގެ 10 ވަނަ ފަންގިފިލާގައެވެ.
ބީލަން ހުޅުވުން
އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ 2023 ސެޕްޓެންބަރު 17 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ވެލާނާގޭ 10 ވަނަ ފަންގިފިލާގައެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރަތްތަކުން 2023 ސެޕްޓެންބަރު 11 ވާ ހޯމަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ވެލާނާގޭ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން މި ބީލަމުގައި ރަޖިސްޓްރީވެލައްވާ މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
19 ޞަފަރު 1445 ހ.
04 ސެޕްޓެންބަރު 2023 މ.