ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ތ. ކިނބިދޫ ޒުވާނުންގެ މަރުކަޒު ޢިމާރާތުގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގެ ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަރުކަޒުގެ 2 ވަނަ ފިޔަވަހީގައި ކުރަންޖެހޭ މަސައްކަތްތައް
1- ޢިމާރާތުގައި ދޮރުބެހެއްޓުމަށް ހަމަޖެހިފައިވާ ހުރިހާ ތަނެއްގައި ބޮޑުދޮރާއި ކުދި ދޮރާއި ފެންލައިޓްތަކަށް އެލްމެނިއަމް ދޮރާއި ދޮރުފަތް ހަރުކުރުމާއި ބޮޑުދޮރުފަތްތަކަށް ތަޅާއި ތަންޑާއި ކުދި ދޮރުތަކަށް ތަންޑު ހަރުކުރުން (ތަޅުގެ ގޮތުގައި ހަރުކުރަންޖެހޭނީ އަތްގަނޑު މޮޅު ތަޅެވެ.)
2- ޢިމާރާތުގައި ސިމެންތި ނުޖަހައިހުރި ހުރިހާ ފާރުތަކެއްގެ ދެފަރާތުގައި ސިމެންތި ޖެހުމާއި ޢިމާރާތުގެ މޫނުމަތީގައިވާ ތަނބުތަކުގައި ސިމެންތި ޖަހައި ބޯޑަރ ހެދުން
3- ކިނބި ނައްޓައި ފެންނުވިއްސާ ސައިޒަކަށް ކިނބި ފުޅާކޮށް އަލުން ކިނބި އެޅުން
4- ކަރަންޓް ވައިރުނުކޮށްހުރި ހުރިހާ ތަނެއް ކަރަންޓް ވައިރު ކުރުން
5- ނަލަފިލާ ނައްޓައި އަލުން ހަރުކޮށް ދިޔަދޮވިތައް ރަނގަޅު ކުރުން، ފެންނެގުމަށް ފުރާޅަށް އެރުމަށް އެލްމެނިއަމް ހަރުގަނޑެއް ހޯދުމާއި، ދިޔަދޮވީގައި ނަރުދައު އެޅުން
6- ދޮރު ބެހެއްޓުމަށް ބެރިބުރި ނުލައްވައިހުރި ހުރިހާ ބޮޑު ދޮރަކާއި ކުޑަދޮރުތަކަކަށް ބެރިލައްވައި މިހާރު ހުރި ދޮރުތަކުގެ ސައިޒަށް ސިމެންތިޖެހުން
7- ފާޚާނާ ފިޔަވައި ތަޅުން ނާޅައިހުރި ހުރިހާ ތަނެއްގައި ތަޅުން އެޅުން
8- 4.5 ފޫޓު ޑައިމީޓަރގެ ފެންނަގާ ވަޅެއް ބަހައްޓައި މަތިއަޅައި ވައިހޮޅި ގުޅައި ފެންމޯޓަރަށް ފެންވައިރު ކުރުން
މަރުކަޒުގެ 3 ވަނަ ފިޔަވަހީގައި ކުރަންޖެހޭ މަސައްކަތްތައް
1- ފާޚާނާ 1 އިންޗިން ހައިޕްރެސަރ ހޮޅިން ފެންވައިރު ކުރުމާއި ފިޓިންގސް ހަރުކުރުމާއި ތަޅުން އެޅުމާއި 7 ފޫޓަށް ތަށިމުށި ޖެހުމާއި ތަޅުމުގައި ތަށިމުށި ޖަހައި ފާޚާނާތައް ފުލް ކޮމްޕްލީޓް ކުރުން
2- ޢިމާރާތުގެ އެތެރޭގައި ހުރިހާ ތަނެއްގައި ޖިޕްސަން ބޯޑުން ސީލިންގ އަޅައި ކޯނިސް ބޯޑަރ ހަރުކުރުމާއި ފަންކާއަށް ފަންކާ މާގަނޑު ހަރުކުރުމާއި ޕްޓީއަޅައި ނިޕޮން ބްރޭންޑްގެ ކުލަލުން
3- ޢިމާރާތުގެ ބޭރު އަސްކަނީގައި ސިމެންތި ފިލައިން ސީލިންގ އެޅުމާއި، ފައްތަރުތަކުގައި ދަށުފަތި އެޅުމާއި ނިޕޮން ބްރޭންޑްގެ ވެދަރ ޕްރޫފް ކުލަލުން
4- ޢިމާރާތުގެ އެތެރާއި ބޭރު ފާރުތަކުގެ ދެފަރާތުގައި ނިޕޮން ބްރޭންޑްގެ ވޯލްސީލަރ ލުމާއި ނިޕޮން ބްރޭންޑްގެ ކުލަލުން
5- ފަންކާ ހަރުނުކޮށްހުރި ހުރިހާ ތަނަކަށް ފަންކާ ހަރުކުރުން
6- މުޅި އިމާރާތުގެ އެތެރޭގެ މުށި ޖަހަންޖެހޭ ހުރިހާ ތަނެއްގައި މުށި ޖެހުން
މިމަސައްކަތާބެހޭ މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 12 މާރިޗު 2015 ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 19 މާރިޗު 2015 ދުވަހުގެ މެންދުރު ކުރީގެ 10:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަންނަ ގޮތަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް
- މަސައްކަތުގެ އަގަށް %80 (ހުށަހެޅޭ އެންމެ ކުޑައަގު / ހުށަހެޅި އަގު × 80)
- މުއްދަތަށް % 10 (ހުށަހެޅޭ އެންމެ ކުރުމުއްދަތު / ހުށަހެޅި މުއްދަތު × 10)
- މާލީ ތަނަވަސްކަން % 05 (ވޭތުވެދިޔަ 6 މަސްދުވަހުގެ ބޭންކް ސްޓޭޓްމެންޓަށް ކޮންމެ މަހެއް ވަކީން ބޭންކްގައި ފައިސާ އެންމެ ގިނަ އަދަދު / ފައިސާގެ އަދަދު 5x ބަލައި އެވްރެޖް ހޯދުން)
- ތަޖްރިބާއަށް % 05 (މިބަޔަށް ޕޮއިންޓް ދެވޭނީ މިފަދަ މަސައްކަތްތައް ކޮށްފައިވާކަމުގެ ސަރުކާރާއި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުން ދޫކޮށްފައިވާ ތައްގަނޑުޖަހާފައިވާ ލިޔުންތަކަށް އެކަންޏެވެ.)
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 ޖުމާދަލްއޫލާ 1436