ދިވެހިރާއްޖެ
މިކަމާއި ގުޅޭގޮތުން ކުރެވުނު މިއިދާރާގެ ނަމްބަރ (IUL)416-ESMPL/416/2023/88 (17 އޮގަސްޓް 2023) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގުބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ބީލަން ހުށަހެޅުމުގެ ދަޢުވަތު – ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
މަޑަވެލި ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ގދ. މަޑަވެލި ކައުންސިލަށް ޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 05 ސެޕްޓެމްބަރ 2023 ވަނަ ދުވަހުން ފެށިގެން 13 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް ތިރީގައިމިވާ ލިންކުންވަދެ ފޯމް ފުރިހަމަކޮށް ބިޑްގައި ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
https://forms.gle/ZxJ5tS77bUkp76fA6
ބިޑްގައި ރެޖިސްޓްރީވާ ފަރާތްތަކަށް ޒޫމް މީޓިންގ މެދުވެރިކޮށް 13 ސެޕްޓެމްބަރ 2023 ގައި މިއިޢުލާނާއި ގުޅޭ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. ބިޑްގައި ރަޖިސްޓަރ ވުމުން އެފަރާތްތަކާއި ޒޫމް މީޓިންގ ލިންކް ހިއްސާކުރެވޭނެއެވެ. އަދި 21 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ 11:00 އަށް، އަގުހުށަހަޅާ ފޯމުން ނުވަތަ ކޯޓޭޝަންއިން މި އިދާރާއަށް ވަޑައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބާއެކު އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީ އާއި، މަޢުލޫމާތު ކަރުދާހުގައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 13 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ބިޑްގައި ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.