ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ.އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
- މިއިދާރާގެ ނަމްބަރު (IUL)248-PRU/248/2023/71 (21 އޮގަސްޓް 2023 ) އިޢުލާނާއި ގުޅިގެން ހއ.އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމެޓީގެ ލޯގޯ ފަރުމާކޮށްދިނުމަށް އެދި އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން ލޯގޯ ފަރުމާ ކޮށްދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ.
- މި ޕްރޮޕޯސަލް ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މި ޕްރޮޕޯސަލްގައި ރަޖިސްޓްރީ ކުރުމަށް 2023 ސެޕްޓެމްބަރ 04 އިން 2023 ސެޕްޓެމްބަރ 10 ގެ ނިޔަލަށް [email protected] މެއިލްކުރައްވައިގެން ނުވަތަ 6500256 ނަންބަރަށް ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޕޯސަލްއާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ސެޕްޓެމްބަރ 10 ވާ އާދީއްތަ ދުވަހުގެ ކުރިން މި އިޢުލާންގެ 3 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ލޯގޯ ޕްރޮޕޯސަލް ހުށަހެޅުމަށް 2023 ސެޕްޓެމްބަރ 12 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އިހަވަންދޫ ކައުންސިލް އިދާރާގެ [email protected] އަށް މެއިލް ކުރެއްވުއެދެމެވެ.
- މިޕްރޮޕޯސަލާއި ބެހޭ މަޢުލޫމާތު ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- ޕްރޮޕޯސަލާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ ފަރާތާއި ގުޅުމުން ލިބިވަޑައިގަންނަވާނެއެވެ.
ނަޝީދާ ޢަބުދުﷲ
އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނައިބު ރައީސާ
ހއ. އިހަވަންދޫ، ދިވެހިރާއްޖެ
ފޯން: 9126464
04 ސެޕްޓެންބަރު 2023
ހޯދާ