މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. އަތޮޅުގެ 08 ރަށުގެ ރަށު ކައުންސިލް އިދާރާ އާއި، މ. އަތޮޅު ކައުންސިލް އިދާރާ އަދި މ. އަތޮޅު ސްޓޭޓް ހައުސްއަށް ބޭނުންވާ 10 ކިލޯވޯޓުގެ (އޮންގްރިޑް 3 ފޭސް) 10 ސޯލާ ޕެނަލް ސަޕްލައި ކޮށްދީ އިންސްޓޯލް ކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

ބިޑު ހުށަހެޅުމުގެ ދަޢުވަތު

  1. މ. އަތޮޅުގެ 08 ރަށުގެ ރަށު ކައުންސިލް އިދާރާއާއި، މ. އަތޮޅު ކައުންސިލް އިދާރާ އަދި މ. އަތޮޅު ސްޓޭޓް ހައުސްއަށް  ބޭނުންވާ 10  ކިލޯވޯޓުގެ (އޮންގްރިޑް 3 ފޭސް) 10 ސޯލާ ޕެނަލް ސަޕްލައި ކޮށްދީ އިންސްޓޯލް ކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މިބީލަމުގައި ބައިވެރިވުމަށް   -/500ރ (ފަސްސަތޭކަ) ރުފިޔާ ގެ ނޮން – ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2023 ސެޕްޓެމްބަރ 05 އިން 2023 ސެޕްޓެމްބަރ 11 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް މިއިދާރާގެ ނަންބަރު 7709700401001 ( (Revenue 1 1408އެކައުންޓަށް ޓްރާންސްފަރ ކޮށްގެންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ސްލިޕްގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
  4. މިމަސައްކަތާއިބެހޭ އެންމެހައި ލިޔެކިއުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިދާރާއިން 2023 ސެޕްޓެމްބަރ 05 ވަނަ ދުވަހުން ފެށިގެން ލިބެންހުންނާނެއެވެ. އަދި ބިޑާއިގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  5. މިޕޮރޮޖެކްޓާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ އީ މެއިލް ކުރައްވާނީ 2023 ސެޕްޓެމްބަރ 20 ވާ ބުދަ ދުވަހުގެ 13:00 ގެކުރިން ތިރީގައިވާ އީ މެއިލް އެޑްރެހަށެވެ.
  6. ބިޑްތައް ހުޅުވުން އޮންނާނީ 2023 ސެޕްޓެމްބަރ 24 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މ.އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މ.އަތޮޅު ކައުންސިލްގެ އިދާރާ
ހަވީރީހިނގުން / މ.މުލި
ފޯން:  9606724716+
އީމެއިލް: [email protected]

މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

04 ސެޕްޓެންބަރު 2023
ހޯދާ