ދިވެހިރާއްޖެ
މި ސްކޫލްގެ ނަމްބަރު އިޢުލާން GS-65-B/IUL/2023/54 ( 23އޮގަސްޓު 2023)އިޢުލާނާއި ގުޅިގެން ރުއްތައް ކެނޑުމާއި ބުޑުތައް ނެގުމުގެ މަސައްކަތަށް އެއްވެސް ފަރާތަކުން އަގެއް ހުށައަޅާފައިނުވާތީ، އެ މަސައްކަތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
- ސްކޫލްގެ އެކި ސަރަޙައްދުތަކުގައި ހުރި ތިރީގައި ދެންނެވިފައިވާ ތާވަލްގައި ރުއްތައް ކެނޑުމާއި ބުޑުތައް ނެގުން
- ރުކުގެ ބުޑު ނަގަންވާނީ އައު ގަހެއް އެތަނުގައި ހެއްދޭނެ މިންވަރަށް ރުކުގެ ބުޑުގެ ވަށައިގެންވާ ސަރަޙައްދު ކޮނެ ގެންނެވެ. އަދި މަސައްކަތްކުރުމުގައި ސްކޫލްގެ ޢިމާރާތާއި ޢިމާރާތުގެ ވަށާ ފާރަށް ގެއްލުމެއް ނުލިބޭނެގޮތަށް މަސައްކަތްކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.
ރުކުގެ ބާވަތް |
ރުކުގެ އަދަދު |
ރުއް - ޖާފާނު |
2 |
ރުއް - ދިވެހި ރުއް |
5 |
ރުއް - ދޮން ދަނބުރުއް |
1 |
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 ސެޕްޓެންބަރު 07 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުން އެދެމެވެ. އަދި އަގު ހުށައަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތައްކަށް ސަމާލުކަންދެއްވުން އެދެމެވެ.
1- މަސައްކަތަކަށް ކަނޑައަޅާ އަގު އެނގޭނެގޮތަށް ތަފްސީލާއިއެކު ހުށަހެޅުން
2- މަސައްކަތަށް ހޭދަވާނޭ މުއްދަތު ބަޔާންކުރުން
3- އަގު ހުށަހެޅުމަށް ދުރުވާ ފަރާތުގެ އައި.ޑީ.ކާޑު ގެނައުން
4- މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.