ދިވެހިރާއްޖެ
މި ކޯޓުގެ ނަންބަރު (IUL)197-A3/1/2023/39 (29 އޮގަސްޓު 2023) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
ދެންނެވުނު އިޢުލާނާ ގުޅިގެން އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ތާރީޚް (10 ސެޕްޓެމްބަރު 2023) އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވާތީ، މި އިޢުލާނާ ގުޅިގެން އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 11 ސެޕްޓެމްބަރު 2023 ވާ ހޯމަ ދުވަހުގެ 11:00 އަށެވެ.
އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ތާރީޚަކީ 11 ސެޕްޓެމްބަރު 2023 ވަނަ ދުވަހުގެ 10:00 ގެ ކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.