ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުގައި މަސްކަނޑާ އަށްޓެއް ހަދާނެ ފަރާތެއް ހޯދުން
މަސްކަނޑާ އަށްޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަމްބަރ (IUL)329/329 /2023/32 އާ ގުޅިގެން ބިޑު ހުށަހަޅަފައިވަނީ އެންމެ ފަރާތަކުން އަދި ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެނަނާތީ އެ އިޢުލާން ބާތިލްކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.
މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތައް މި ރަށުގެ ބަނދަރު ސަރަހައްދުގައި މަސްކަނޑާ އަށްޓެއް ހަދައިދޭނެ ފަތާތެއް ހޯދަން ބޭނުންވެއްޖެއެވެ.
1- މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
2- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 03 ސެޕްޓެމްބަރ 2023 ން ފެށިގެން 06 ސެޕްޓެމްބަރ 2023 ގެ ނިޔަލަށެވެ. ރަޖިސްޓުރީކުރެއްވުމަށް ބީލަމުގައި ރަޖިސްޓަރ ވުމަށްއެދޭ ފޯމް ފުރުއްވާ ކައުންސިލްގެ މެއިލް އެޑްރެސް:[email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ފޯމް މި އިދާރާގެ ކައުންޓަރުން އަދި އިޢުލާން ލިންކުން ލިބިވަޑައިގަންނާވާނެއެވެ.
3- ބީލަމުގައި ބައިވެރިވެވޭނީ ބީލަން ހުށަހެޅުމުގެ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
ބީލަން ހުށަހެޅުން
ތާރީޚް: |
ދުވަސް |
ވަގުތު |
ތަން |
11 ސެޕްޓެމްބަރ 2023 |
ހޯމަ |
11:00 |
ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލް އިދާރާ |
ކުންފުއްޏަކުން ނުވަތަ ލޯކަލް އިންވެސްޓުމެންޓަކުން ހުށަހަޅާނަމަ ކުންފުނީގެ ނުވަތަ ލޯކަލް އިންވެސްޓުމެންޓުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް ހީރަސްކުރެވިފައިވާނެއެވެ.
03 ސެޕްޓެމްބަރ 2023