މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެން ބޯ ބިއްލޫރި ފުޅި ސަޕްލައިކޮށްދޭނޭ ބަޔަކު ހޯދުން

ެން ބޯ ބިއްލޫރި ފުޅި ސަޕްލައިކޮށްދޭނޭ ބަޔަކު ހޯދުން

އެއް ފަހަރު ބޭނުންކޮށް އުކައިލެވޭ ޕްލާސްޓިކް ބޭނުންކުރުން މަދުކޮށް ހުއްޓައިލުމުގެ އަމާޒަށް ވާސިލުވުމަށްޓަކައި، ފެން ބަންދުކޮށްފައި ހުންނަ އެ ފަދަ ފުޅީގެ ސަބަބުން ވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ގޭބިސީތަކަށް ހިލޭ ބަހާން ހަމަޖެހިފައިވާ ފެން ބޯ ބިއްލޫރި ފުޅި، މި އިދާރާއަށް ސަޕްލައިކޮށްދޭނޭ ބަޔަކު ހޯދާން ބޭނުންވެއެވެ.

ފާއިތުވީ 2022 ވަނަ އަހަރު މިއިދާރާގެ ރެކޯޑުތަކުން ދައްކާ ގޮތުގައި 1.7 ޓަނުގެ އެއް ފަހަރު ބޭނުންކޮށް އުކައިލެވުނު ޕްލާސްޓިކް ފުޅި މި ރަށު ވޭސްޓްމެނޭޖުމަންޓް ސެންޓަރަށް ގެނެވި ޕްރޮސެސްކުރެވިފައިވެއެވެ.

ވީމާ، އިސްވެ ބުނެވުނު ޕްރޮޖެކްޓު ތަންފީޒުކުރުމުގެ ގޮތުން ތިރީގައި ދީފައިވާ ސްޕެސިފިކޭޝަންގެ 700 (ހަތް ސަތޭކަ) ފުޅި މި އިދާރާއަށް ސަޕްލައިކޮށްދޭން ޝައުޤުވެރިވާ ފަރާތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

 

Content

1000 ml

Mouthpiece

LM

Cap

Swing Top

Height

321mm

Diameter

85mm

Marginal Capacity

1035ml

Weight

780gr

Colour

Transparent/ No colour

Material

Glass

 

ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުށަހަޅާނީ 2023 ސެޕްޓެންބަރު 14 ވާ ބުރާސްފަތި ދުވަހު މެންދުރު 12:00 ގެ ކުރިން، ދީފައިވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ.

https://forms.gle/yixCqvP4SBVGfrhL7

ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2023 ސެޕްޓެންބަރު 28 ވާ ބުރާސްފަތި ދުވަހު މެންދުރު ފަހު 1:00 ގައި މި އިދާރާ ގައެވެ.

މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެކު ގެޒެޓުކުރެވިފައި ވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތަށް ބީލަން ހުށަހަޅާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. ބީލަން ފޮތެއްގެ އަގަކީ 100.00ރ. (އެއް ސަތޭކަ ރުފިޔާ) އެވެ. ބީލަން ފޮތް ވިއްކާން ހަމަޖެހިފައިވަނީ 2023 ސެޕްޓެންބަރު 17 ވާ އާދީއްތަ ދުވަހު ހެނދުނު 9:00 އިން ފެށިގެން 2023 ސެޕްޓެންބަރު 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް، މި އިދާރާއިންނެވެ.

ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކުންފުންޏެއްގެ ފަރާތުން ބައިވެރިވާ ނަމަ، ކުންފުނީގެ ވިޔަފާރި ރެޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅާން ވާނެއެވެ.

ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުވާ ނަމަ ސިޓީއަކާ އެކު ފޮނުވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރާން ތިރީގައިވާ ނަންބަރަށް ގުޅުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ.

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް
(ޢަލީ މުޒުހިރު، ކައުންސިލް އެގްޒެކެޓިވް):

7217070

18 ޞަފަރު 1445ހ.

3 ސެޕްޓެންބަރު 2023މ.

03 ސެޕްޓެންބަރު 2023
ހޯދާ