އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2023 ގެ އޮބްޒާވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ރިސޯޓުތަކާއި، ސިނާޢީ ސަރަހައްދުތައް އަދި ޖަލުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ނަގަންޖެހޭ ހުއްދަ ނެގުން

(IUL)38-AC/38/2023/388 :ނަންބަރު

އިޢުލާން 

ރިޔާސީ އިންތިޚާބު 2023 ގެ އޮބްޒާވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ރިސޯޓުތަކާއި، ސިނާޢީ ސަރަހައްދުތައް އަދި ޖަލުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ނަގަންޖެހޭ ހުއްދަ ނެގުން

2023 ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރިސޯޓުތަކާއި، ސިނާޢީ ސަރަޙައްދުތައް އަދި ޖަލުތައް އޮބްޒާރވްކޮށް އަދި މޮނިޓަރުކުރުމަށް އެދޭ ފަރާތްތަކުން އެތަންތަނަށް ވަނުމުގެ ހުއްދަ ނެގުމަކީ އޮބްޒާރވްކޮށް މޮނީޓަރ ކުރަން އެދޭ ފަރާތްތަކުގެ ޒިންމާއެކެވެ. ވީމާ، ރިސޯޓުތަކާއި، ސިނާޢީ ސަރަޙައްދުތައް އަދި ޖަލުތައް އޮބްޒާރވްކޮށް މޮނީޓަރ ކުރަން އެދޭ ފަރާތްތަކުން މި ތަންތަނުން ނަގަންޖެހޭ ހުއްދަ ދުރާލާ ނެގުމަށް އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ސެޕްޓެންބަރު 2023
ހޯދާ