ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ފުރުސަތު

ކޮޅުމަޑުލު ކިނބިދޫ ނެރު ފަސްގަނޑު ކުއްޔަށް ދޫކުރުން

            ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ ނެރުފަސްގަނޑު (0.27 ހެކްޓަރ)  ޕިކްނިކް އައިލެންޑެއް ގޮތަށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެެ.

ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

ބީލަން ފޯމް ދޫކުރުން

1. ބީލަން ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 03 ސެޕްޓެމްބަރ 2023 ން ފެށިގެން 14 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ނިޔަލަށެވެ.  

2. ބީލަން ފޯމެއްގެ އަގަކީ -/150 (އެއްސަތޭކަ ފަންސާސް) ރުފިޔާ އެވެ.

3. ބީލަން ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ މި އިދާރާގެ ކައުންޓަރުންނާއި މި އިދާރާގެ އީމެއިލް މެދުވެރި ކޮށެވެ.

4. އީމެއިލް މެދުވެރިކޮށް ބިޑްފޯމް ނަންގަވާ ފަރާތްތަކުން މި އިދާރާގެ އެކައުންޓް ނަމްބަރ:

7725700293001 ( 1443 ރެވެނިއު 1) އަށް ފައިސާ ޖަމާކޮށް ފައިސާ ދެއްކި ސްލިޕްކޮޅު އާމިނަތު އަސްމާ 9686439 މި ނަމްބަރއަށް ވައިބަރ ކުރެއްވުމުން ނުވަތަ މި އިދާރާގެ އީމެއިލް [email protected]  އަށް މެއިލް ކުރެއްވުމުން އެފަރާތުގެ އީމެއިލްއަށް ބިޑްފޯމް ފޮނުވައިދެވޭނެއެވެ.

މަޢްލޫމާތު ސާފުކޮށް ދިނުން

އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ކައުންސިލްގެ ރައީސް، ޢަލީ ޙުސައިން 9655474 އަށް ގުޅުއްވައިގެންނާއި، ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ އީ މެއިލް [email protected] މެދުވެރިކޮށެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް

ތާރީޚް: 17 ސެޕްޓެމްބަރ 2023 ވާ  އާދީއްތަ ދުވަހުގެ 11:00

ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅުއްވާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އަކާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

                    15  ޞަފަރު 1445   

31 އޮގަސްޓް 2023
ހޯދާ