ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އަތޮޅުތަކުގައި ހުންނަ އެސްޓީއޯ ފާމަސީތައް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެ.

އަތޮޅުތަކުގައި ހުންނަ އެސްޓީއޯ ފާމަސީތައް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެ.
ތިރީގައިވާ ރަށްތަކުގައި ފާމަސީ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

1. ނ. ނައިވާދޫ

1. މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ

2. މަސައްކަތުގެ ބާވަތް: 225 ނުވަތަ 300 އަކަފޫޓުގެ ފާމަސީއެއް އިމާރާތް ކުރުން.

3. ރަޖިސްޓްރީ ކުރާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:

3.1 ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފަރާތަކީ ފާމަސީ އިމާރާތް ކުރުމަށް ކަނޑައެޅިފައިވާ ރަށުގައި ރަޖިސްޓްރީވެ، އެރަށުގައި މި ބާވަތުގެ މަސައްކަތް ކުރާ ފަރާތަކަށްވުން.
3.2 ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފަރާތަކީ ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، 200،000.00ރފ (ދެ ލައްކަ ރުފިޔާ) އަށް ވުރެ ކުޑަ ނޫން އިމާރާތް ކުރުމުގެ މަސައްކަތެއް ކޮށްފައިވާ ފަރާތަކަށް ވުން.
3.2.1 ތަޖުރިބާ ހުރިކަމަށް ބަލައިގަނެވޭނީ މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީ (ޕޮސިޓިވް ރިފަރެންސް) ހުށަހެޅުމުންނެވެ. އެސްޓީއޯއިން ބޭނުންވެއްޖެ ހިނދެއްގައި ކޮށްފައިވާ މަސައްކަތްތައް ވެރިފައި ކުރުމަށް އިތުރު މައުލޫމާތު ހޯދިދާނެއެވެ.
3.2.2 ރެފަރެންސް ސިޓީގައި މަސައްކަތުގެ ތަފްސީލް ނެތްކަމުގައި ވަނީނަނަމަ، ސިޓީއާއި އެކު އެ މަސައްކަތުގެ ސަޕޯޓިންގ ޑޮކިއުމަންޓްސް ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރާތްތަކުގެ ނަމުގައި ހުށަހަޅާ ސިޓީ ބަލައި ނުގަނެވޭނެއެވެ. ހުށަހަޅާފައިވާ ސިޓީ އާއި ސަޕޯޓިންގ ޑޮކިއުމަންޓްސް ތަކުން މަސައްކަތުގެ ތަފްސީލު އަދި މަސައްކަތް ނިންމި ގޮތް ސާފުކޮށް އެނގެން ނެތްނަމަ އެ ސިޓީ ބަލައިނުގަތުމުގެ އިޚްތިޔާރު އެސްޓީއޯއަށް ލިބިގެންވެއެވެ.
3.3 މިޢިއުލާން ގެ ދަށުން ކޮންމެ ފަރާތަކަށް ވެސް ކުރިމަތި ލެވޭނީ ގިނަވެގެން 2 (ދޭއް) ރަށަށެވެ. ނަމަވެސް ރަޖިސްޓަރ ކުރާފަރާތަކީ، އެސްޓީއޯ ގައި މިވަގުތު އިތުރު ޕްރޮޖެކްޓެއްގެ (1 ޕްރޮޖެކްޓް) މަސައްކަތް ކުރަމުންދާ ކުންފުނި ނުވަތަ ކުންފުނީގެ ހިއްސާދާރެއް ނަމަ، އެފަރާތަކަށް ރެޖިސްޓަރ ކުރެވޭނީ މި އިޢުލާން ގައި ބުނެފައިވާ ރަށްތަކުގެ ތެރެއިން 1 (އެކެއް) ރަށަކަށެވެ. އަދި ރެޖިސްޓަރ ކުރި ކުންފުނި ނުވަތަ ކުންފުނީގެ ހިއްސާދާރުންނަކީ، މިވަގުތު އެސްޓީއޯގެ ޕްރޮޖެކްޓެއްގެ 2 (ދޭއް) މަސައްކަތް ކުރަމުންދާ ފަރާތެއްނަމަ އެފަރާތުގެ ރެޖިސްޓްރޭޝަން ބަލައި ނުގަނެވޭނެއެވެ.
3.4 ރެޖިސްޓަރ ކުރާފަރާތަކީ، ކުރިން އެސްޓީއޯ ގެ ޕްރޮޖެކްޓެއް ނިންމާ އަދި މިވަގުތު ޕްރޮޖެކްޓެއް ކުރިއަށް ގެންދާ ފަރާތެއްނަމަ، ރަޖިސްޓަރ ކުރެވޭނީ އެއްވެސް ޕޮރޮޖެކްޓެއްގައި 20% (ވިހި އިންސައްތަ) ޑިލޭއެއް ނޫޅޭނަމައެވެ.

4. ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް:
4.1 ރަޖިސްޓަރ ކުރާ ފަރާތަކީ ފާމަސީ އިމާރާތް ކުރުމަށް ކަނޑައެޅިފައިވާ ރަށުގައި މިބާވަތުގެ މަސައްކަތް ކުރާ ފަރާތެއްކަން އަންގައިދޭ ލިޔުން (ކައުންސިލްގެ ސިޓީ)
4.2 ކުރިން ކޮށްފައިވާ މި ބާވަތުގެ މަސައްކަތުގެ ރިފަރެންސް ސިޓީ (3.2 ގައިވާ ގޮތަށް)
4.3 ކުންފުނީގެ/ ސޯލް ޕްރޮޕްރައިޓަރޝިޕްގެ ރެޖިސްޓްރޭޝަންކޮޕީ
4.4 ކުންފުނީގެ/ ސޯލް ޕްރޮޕްރައިޓަރޝިޕްގެ ހިއްޞާދާރުންގެ އައި.ޑީ.ކާޑް ކޮޕީ

5. ރަޖިސްޓަރީ ކުރުން:

5.1 ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 07 ސެޕްޓެމްބަރ 2023 ވަނަ ދުވަހު 1100 ގެ ކުރިން، ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

6. ބީލަންކަރުދާސް ދޫކުރުން:

6.1 ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 10 ސެޕްޓެމްބަރ 2023 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

7. ސުވާލާއި ޖަވާބު:

7.1 ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 13 ސެޕްޓެމްބަރ 2023 ވާ ދުވަހުގެ 1100 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 13 ސެޕްޓެމްބަރ 2023 ވާ ދުވަސް ނިމުމުގެ ކުރިން ހުށަހެޅިފައިވާ ސުވާލުތަކަށް ޖަވާބުދާރީ ވެވޭނެއެވެ.

8. ބީލަން ހުށަހެޅުން:

8.1 ބީލަން ހުށަހަޅަންވާނީ 18 ސެޕްޓެމްބަރ 2023 ވަނަ ދުވަހު 1100 ގެ ކުރިން [email protected] އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 1422
އީމެއިލް: [email protected]

31 އޮގަސްޓް 2023
ހޯދާ