ފުވައްމުލަކު ހޯދަޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:    

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

2 (ދޭއް)

ރޭންކް:

ޖީ.އެސް. 3

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500  ރުފިޔާ

އެހެނިހެން އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ތަޢުލީމާއި ތަޖުރިބާ:

- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 


މަޤާމުގެ މަސްއޫލިއްޔަތު:

- އޮފީހަށް އަންނަ މައްސަލަތައް އެންޓްރީކޮށް، ސެކްޝަންތަކަށް ހަވާލުކުރުން.

- މުވައްޒަފުން ލެއްވުމާއި ވަކިކުރުމާއި ދާއިމީކުރުމާބެހޭ ކަންތައްތައް ކުރުން.

- ދުވަހު ޔައުމިއްޔާއާއި، ބޮޑެތިކަންތައްތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

- މުވައްޒަފުންނަށް ޗުއްޓީ ދިނުމާއި، ޗުއްޓީގެ ރެކޯޑް ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް ކުރުން.

- ޕާރފޯމަންސް އެޕްރައިޒަލް ފޯމް ފުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާއި، މުވައްޒަފުންގެ ރެކޯޑް   ފައިލްތަކަށް ވައްދަންޖެހޭ ތަކެއްޗާއި، ސިއްރު ތަކެތީގެގޮތުގައި ފައިލްތައް ބެލެހެއްޓުމުގެ މަސައްކަތް. 

- ކައުންސިލްތަކުގެ އަހަރީ ރިޕޯޓް ލިޔުމާބެހޭ ކަންތައްތައް ކުރުން.

- އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުގަޑިއާއި، ބަންދު ދުވަހުގެ ރިޕޯޓާބެހޭ އެންމެހައި ކަންތައްތައް ކުރުން.       

- މުވައްޒަފުންގެ ދާއިމީ ރަޖިސްޓްރީއާއި ފޮހޭ ރަޖިސްޓްރީގެ އެންހައި މަސައްކަތްތައް ކުރުން.

- އޮފީހުގެ މެޝިނަރީޒާއި އިންވެންޓްރީއާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

- އޮފީހުން ދޫކުރެވޭ ތަކެތީގެ ސްޓޮކާއި، އޮފީހުގެ ލިޔެކިޔުމުގެ ސްޓޮކް ބެލެހެއްޓުން.

- ހުކުރު ނަމާދު، ޢީދު ނަމާދު، ކޭތަ ނަމާދާބެހޭ އެންމެހައި ކަންތައް ކުރުން.

- އެކިއެކި ހާދިސާތަކާއި ކާރިސާތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.

- ސެކްޝަނުން ހަދަންޖެހޭ ރިޕޯޓުތައް (ވާރޭގެ ރިޕޯޓް، މޫސުމާއި މަސްވެރިކަމުގެ ދުވަހު ރިޕޯޓް، ފިޝަރީޒް ރިޕޯޓް، އިހީގެ ރިޕޯޓް، ވެލާ ކަހަނބުގެ ރިޕޯޓް، އެގްރިކަލްޗަރ ރިޕޯޓް) ހެދުމާބެހޭ އެންމެހައި ކަންތައްތައް ކުރުން.

- ފައިސާ ބަލައިގަތުމާއި، ޤަވާއިދާ އެއްގޮތްވާގޮތުގެމަތިން ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު ޖަމާކުރަންޖެހޭ އެކައުންޓްތަކަށް ފައިސާ ޖަމާކޮށް، ފައިސާ ޚަރަދުކުރުމުގެ ކަންތައްތައް ކުރުން.

- ފައިސާއާބެހޭ ރިޕޯޓްތައް (ބަޖެޓް ރިޕޯޓް، ތިޖޫރީގައި ހުންނަ ފައިސާގެ ރިޕޯޓް) ހެދުން.

- މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިއުންތައް ތައްޔާރުކޮށް، މުވައްޒަފުންގެ އެކައުންޓަށް މުސާރަ ޖަމާކުރުމަށްޓަކައި ބެންކަށް ފޮނުވުން.

- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

- މި މަޤާމަށް   ކުރިމަތިލާން   އެދޭ   ފަރާތްތަކުން،  ތިރީގައިވާ   ލިޔުންތަކާއެކު، 2015 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ހޯދަޑު ކައުންސިލުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް: 

-  ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި އިދާރާއިން ލިބެން ހުންނާނެއެވެ.) 

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ ބޮންޑެއްގައި ހުރި މުވައްޒަފަކު މި ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިއުމެއް.

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

- ސިވިލް ސަރވިސްއަށް / ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.  

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު.

- މަސައްކަތުގެ ތަޖުރިބާ.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި ސިފަތައް.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓް:

- ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކަކީ، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލުކަމުގައި ވާންވާނެއެވެ.

- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.

- މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6860024 ނަންބަރު ފޯނާއެވެ.

28 ރަބީޢުލްއާޚިރު 1436

18 ފެބުރުވަރީ 2015
ހޯދާ