ދިވެހިރާއްޖެ
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓް
ގދ. ނަޑެއްލާ،
ދިވެހިރާއްޖެ،
ނަންބަރު: Q3C-A/2023/7 |
އިޢުލާން
ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ފުރުޞަތު
ކޮންޓްރެކްޓް އުސޫލުން މިކޯޓުގައި ކައިވެނި ޢަޤުދުކޮށްދޭނެ ޝަރުޢީ މަޢުޛޫނުން ބޭނުންވެއެވެ.
ބޭނުންވާ ޢަދަދު: |
01 |
ކޯޓު/އިދާރާ: |
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓް |
އެލަވަންސް: |
-/250 ރުފިޔާ (ޢަޤްދުކޮށްދޭ ކޮންމެ ކައިވެންޏަކަށް) |
މަޤާމުގެ ޝަރުތު: |
ޝަރުޢީ މަޢުޒޫނުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން |
ހުށަހަޅަންޖެހޭ ތަކެތި: |
- ޝަރުޢީ މަޢުޛޫނުކަމަށް އެދި ހުށަހަޅާ ފޯމް - ވަނަވަރު - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ) - ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ |
ކައިވެނި ކޮށްދޭންޖެހޭ ގަޑި: |
- ކޮންޓްރެކްޓް އުސޫލުން ކައިވެނި ޢަޤްދުކޮށްދިނުމަށް ހޮވޭ ފަރާތްތަކުން ރަސްމީގަޑީގައާއި ނުރަސްމީ ގަޑީގައި ކޯޓުން ކޮށްދޭންޖެހޭ ކައިވެނިތައް ކޮށްދިނުމަށް ޙަވާލުކުރެވޭނެއެވެ. |
ސުންގަޑި: |
07 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން |
އިތުރު މަޢުލޫމާތު: |
- މިމަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައް ހޮވޭނީ މިމަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަވިއު ކުރުމަށް ފަހުގައެވެ. - މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޝަރުޢީ މަޢުޛޫނުކަމަށް އެދޭ ފޯމް މިކޯޓުގެ ވެބްސައިޓް gdh-nadallaa.courts.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. - މިމަޤާމަށް އެދި ހުށަހަޅުއްވާނީ މިކޯޓުގެ ރިސެޕްޝަނަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅޭނެ ނަންބަރު: 6840159 / 6840150 |