ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބެލެހެއްޓުމާއި ބެހޭ

                                                 ނަންބަރ: (IUL)258/258/2023/133     

 

އިޢުލާން

    

ބަނދަރު ބެލެހެއްޓުމާއި ބެހޭ

 

ހަނިމާދޫ ބަނދަރު ސަރަހައްދުގައި އުޅަނދު ފަހަރު އެޅުމަށާއި، އެކި ބޭނުންތަކަށް ސަރަހައްދު ބައިކުރެވި ބޭނުންކުރަންވަނީ ފަށާފައެވެ. އަދި ކޮންމެ އުޅަނދަކަށް ވަކިން ބޯސާ  ވަގުތީ ރަޖިސްޓްރީ އާއިއެކުވަނީ ދެވިފައެވެ.

ވީމާ، އުޅަނދު ފަހަރު އަޅަންވާނީ އެއުޅަނދަކަށް ދެވިފައިވާ ބޯސަލުގައެވެ. އަދި ބަނދަރަށް ދޮންވެލި (މޫދުންނަގާ ވެލި) ބާލަން ވާނީ ދެކުނު ހުރަސްތޮށިން ކަނޑައަޅާ ފާހަގަކޮށް ބޯޑު ޖަހާފައިވާ ތަނަށް އެއްގަމު ވާޓަރާ ގުޅިފައިވާ ޕޭމަންޓުން ބާލާ ވެލި ގަނޑަށެވެ.

އުޅަނދު ފަހަރުން މުދާބާލާ ފަރާތްތަކުންވެސް ޢަމަލު ކުރަންވާނީ މިގޮތުގެ މަތިންނެވެ.

އަދި ދަންނަވަމެވެ. މިގޮތަށް ހަމަޖެއްސުމުން އުޅަނދު ފަހަރުން މުދާއަރުވާ ބޭލުމަށާއި، އުޅަނދު ފަހަރުން ބާލާ މުދާ ގެންދިއުމަށް ބޭނުންކުރާ އެއްގަމުގައި ދުއްވާ އުޅަނދު ފަހަރު ބަނދަރު އެއްގަމު ތޮއްޓާއި ގުޅުވައިގެން ހަދާފައިވާ ޕޭންޓަށް އެއްވެސް އުޅަނދެއް އަރުވައިގެން މުދާ އަރުވާ ބޭލުމުގެ ކަންކަން ނުކުރުމަށާއި، ކާރާއި ޓެކްސީއާއި ބަގީ އަދި އެނޫން އުޅަނދު ފަހަރުވެސް މިއުސޫލަށް އަމަލު ކުރަންވާނެއެވެ.  

އަދި 2023 ސެޕްޓެމްބަރު 01 ވަނަ ދުވަހުން ފެށިގެން ބަނދަރު ބަލަހައްޓާ މިއިދާރާގެ މުވައްޒަފުން އަންގާ އެންގުން ތަކަށް ހުރިހާ ފަރާތްތަކުންވެސް ބަނދަރާއި ބަނދަރު ސަރަޙައްދު ތާރުމަގު ހުޅަނގު ބަނދަރާއި އެކު ބޭނުން ކުރުމުގައި ޢަމަލު ކުރަމުން ގެންދެވުން އެދެމެވެ. ބަނދަރަށް ބާލާ މުދާ ގިނަވެގެން 3 ދުވަހުގެ ތެރޭގައި ބަނދަރުން ނަގަންވާނެއެވެ. މި މުއްދަތުގައި ނުނަގާ ހުންނަ ތަކެއްޗާއި މެދު ޢަމަލު ކުރާނީ ވެރިއަކު ނެތް ތަކެތީގެ ގޮތުގައިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

14  ޞަފަރު  1445

30  އޮގަސްޓް 2023

31 އޮގަސްޓް 2023
ހޯދާ