ދިވެހިރާއްޖެ
މި އިޢުލާންވަނީ 31 އޮގަސްޓް 2023 11:25 ގައި ބާތިލް ކުރެވިފައެވެ.
ނަންބަރ: A/IUL/344/2023/84
ޢިއުލާން
އއ.ފެރިދޫ ހާބަރ ޑިޒައިންކޮށް އަޕްގްރޭޑް ކުރުމުގެ ޕްރޮޖެކްޓްގެ މަސައްކަތާއި ޙަވާލްވެފައިވާ ކޮންޓްރެކްޓަރ ކަމަށްވާ އެމް.ޓީ.ސީ.ސީން މަސައްކަތްކުރުމަށް ކަނަޑައެޅިފައިވާ ސައިޓް ސަރަހައްދު ( ކުޑަކުދިންގެ ބަގީޗާގެ ހުޅަނގުން ހަވީރީ ހިނގުމުގެ އުތުރުން ފެށިގެން ފައުޖުގެ އާއި ހަމައަށްވާ ސަރަހައްދު ) ގައި ހުރި ރުއްގަހުގެ ތެރޭގައި އެއްވެސް ފަރާތެއްގެ ރުކެއް ގަހެއް ވާނަމަ، އެކަން މިއަދުންފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިސަރަހައްދުގައި ހުރި އަމިއްލަ މީހުންގެ ތަކެތި މިމުއްދަތުގެ ތެރޭގައި ނެންގެވުމަށް ތަކުރާރުކޮށް ދަންނަވަމެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރުދަންނަވަމެވެ.