ދިވެހިރާއްޖެ
(IUL)337/337/2023/103:ނަންބަރު
އިޢުލާން
ކ.މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ތިންވަނަ ފަހަރަށް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން
ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)337/337/2023/95 (20 އޮގަސްޓް 2023) އިޢުލާނާއި ގުޅިގެން "ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު"ގެ 21 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގޯތިލިބޭ ފަރާތުގެ ތެރެއިން އެއްވެސް ފަރާތެއްގެ ނަން އުނިވެއްޖެނަމަ ނުވަތަ ގޯތި ބާޠިލްކުރަން ޖެހިއްޖެނަމަ އެފަރާތެއްގެ ނަން ވަގުތީ ލިސްޓުން އުނިކުރުމަށްފަހު މި އުސޫލުގެ 20 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޢާންމުކޮށް ހުޅުވާލައިގެން ގުރުއަތުލުން ބޭއްވި އަލުން ލިސްޓް ތަރުތީބުކުރެވޭނެއެވެ. އެގޮތުގެ މަތިން ވަގުތީ ލިސްޓުން ބައެއް ފަރާތްތަކުގެ ނަން އުނިކުރެވި، ކުރިން ވަގުތީ ލިސްޓް އާންމުކުރުމަށް ކުރި އިއުލާން ބާތިލްކޮށް، އަލުން އިޢުލާންކުރަމެވެ.
ކ. މާފުށީ ކައުންސިލްގެ ނަންބަރު (IUL)337/337/2023/44 (04 އޭޕްރީލް 2023) އިޢުލާނާއި އާންމުކޮށްފައިވާ "ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު"ގެ 22 އަދި 23 ވަނަ މާއްދާއާއި އެއްގޮތަށް ކ. މާފުށިން ބަންޑާރަ ގޯއްޗަށްއެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ތިންވަނަ ފަހަރަށް މިޢިލާނާއިއެކު ޢާންމުކޮށް، ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، އާންމުކޮށްފައިވާ ލިސްޓާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، 07 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ލިޔުމުން ޝަކުވާ ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާނީ ރަސްމީ ގަޑީގައި މި އިދާރާގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް މެއިލްކޮށްގެންނެވެ.
14 ޞަފަރު 1445
30 އޮގަސްޓް 2023