މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ހުޅުދުއްފާރު ގިރާސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ބޭތިއްބުމަށް ގެއެއް ކުއްޔަށް ހިފުމާގުޅޭ

"ޑިޒައިން އެންޑް ބިލްޑް އޮފް ޝޯރ ޕްރޮޓެކްޝަން ސްޓްރަކްޗަރ އެޓް ރ. ހުޅުދުއްފާރު ޕްރޮޖެކްޓް"ގެ މަސައްކަތަށް މިފެށޭ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި އެމް.ޓީ.ސީ.ސީގެ މުވައްޒަފުން މިރަށަށް އައުމަށް ހަމަޖެހިފައިވާތި، އެ މުވައްޒަފުން ބޭތިއްބުމަށްޓަކައި 03 ކޮޓަރިއާއި 03 ފާޚާނާ، ސިޓިންގރޫމް، ބަދިގެ އަދި ކާތަން ހިމެނޭގޮތަށް 06 މަސްދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. އަދި މި މުއްދަތުގައި ޕްރޮޖެކްޓްގެ ސައިޓް ސުޕަވައިޒަރގެ އެކޮމޮޑޭޝަންއަށް މި މަޝްރޫއު ހިނގަމުންދާ ސަރަހައްދާއި ކައިރިން ކޮޓަރިއެއް ކުއްޔަށް ހިފުމަށްވެސް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކުއްޔަށް ދޫކުރާނެ ގޭއާއި ކޮޓަރީގެ މަޢުލޫމާތާއިއެކު މަހަކަށް ކުއްޔަށް ދޫކުރާނެ ކުލި އެނގޭނޭގޮތަށް، 2023 ސެޕްޓެމްބަރ 04 ވާ ހޯމަ ދުވަހުގެ 13:00 ގެކުރިން މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

30 އޮގަސްޓް 2023
ހޯދާ