ފެމިލީ ކޯޓް
ދިވެހިރާއްޖެ
ފެމިލީ ކޯޓު ކޮންފަރެންސް ރޫމް ޒީނަތްތެރި ކުރުމަށްޓަކައި ގަސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ފެމިލީ ކޯޓުގެ ކޮންފަރެންސް ރޫމްގައި ބެހެއްޓުމަށް ގަސް ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)146-A3/1/2023/28 (13 ޖުލައި 2023) އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ، އެއިޢުލާން ބާތިލުކޮށް ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ 10:30 އަށް މި ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީ ކޯޓުގެ (ޖަސްޓިސް ބިލްޑިންގ ފުރަތަމަ ފަންގިފިލާ) ކޮންފަރެސް ރޫމަށެވެ.

މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓް (ބިޑާއި ގުޅޭ މައުލޫމާތު ބިޑްޑޮކިއުމެންޓުގައި ހިމަނާފައި) މިއިޢުލާނާ އެއްކަރުދާސް ކޮށްފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

30 އޮގަސްޓް 2023
ހޯދާ