މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
- ރ. މީދޫގެ ހާބަރ ޑިވެލޮޕްމަންޓް ވޯރކްސް ޕްރޮޖެކްޓްގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ބޭތިއްބުމަށްޓަކައި 03 ކޮޓަރި، 03 ފާހަނާ، ސިޓިންގްރޫމް، ބަދިގެ އަދި ކާތަން ހިމެނޭގޮތަށް 06 މަސްދުވަހުގެ މުއްދަތަށް މި މަޝްރޫޢު ހިންގަމުންދާ ސަރަޙައްދާއި ކައިރިން ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ. އަދި މި މުއްދަތުގައި ޕްރޮޖެކްޓްގެ ސައިޓް ސްޕަވައިޒަރގެ އެކޮމޮޑޭޝަން ހަމަޖެއްސުމަށްވެސް މި މަޝްރޫޢު ހިނގަމުންދާ ސަރަހައްދާއި ކައިރިން ކޮޓަރިއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
- ބީލަމާއިގުޅިގެން މައުލޫމާތް ސާފުކުރެއްވުމަށް 6580020 އަށް ގުޅުއްވުން އެދެމެވެ.
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 2023 ސެޕްޓެމްބަރ 04 ވާ ހޯމަ ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލް އިދާރާގައެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
30 އޮގަސްޓް 2023
ހޯދާ